އީރާނުގެ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް ދީފައިވާ ހަމަލާގައި 168 ކުދިން މަރުވުމާގުޅިގެން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފި

އީރާނުގެ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް އިސްރާއިޅާއި އެމެރިކާއިން ދީފައިވާ ހަމަލާގައި 168 ކުދިން މަރުވުމާގުޅިގެން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފި އެވެ.

މިކަމާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނީ މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި އިންސާނިއްޔަތާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަމަށ ވިދާޅުވެ އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކޮސްފައެވެ.

މީގެ އިތުރުން، އެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކޮށް، އެ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *