Advertisement
BML Home 2nd Ad
FILE PHOTO: The OPEC logo pictured ahead of an informal meeting between members of the Organization of the Petroleum Exporting Countries (OPEC) in Algiers, Algeria, September 28, 2016. REUTERS/Ramzi Boudina/File Photo
FILE PHOTO: The OPEC logo pictured ahead of an informal meeting between members of the Organization of the Petroleum Exporting Countries (OPEC) in Algiers, Algeria, September 28, 2016. REUTERS/Ramzi Boudina/File Photo

ޔޫއޭއީ ދުނިޔޭގެ ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާއިން ވަކިވެއްޖެ

ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) ދުނިޔޭގެ ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާ (އޯޕެކް) އަދި އޯޕެކް ޕްލަސްއިން ވަކިވާން ނިންމައިފި އެވެ.

Advertisement
Etukuri Inside ad 300x300 Desktop

އެ ނިންމުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެގައުމުގެ ހަކަތައާބެހޭ ވަޒީރު، ސުހެއިލް މުޙައްމަދު އަލް-މަޒްރޫޢީ ވިދާޅުވީ، މި ނިންމުން ނިންމާފައިވަނީ އޯޕެކްގެ ސިޔާސަތުތަކަށް ބެލުމަށްފަހުގައި ކަމަށާއި، އެހެން އެއްވެސް ގައުމަކުން އެކަމާ ބެހޭ ލަފައެއް ނުހޯދާފައި ނުވާނެ ކަމަށެވެ.

އަދި އެ ނިންމުމަކީ އެގައުމުގެ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރުގެ ތެރެއިން ނިންމެވި ނިންމެވުމެއް ކަމަށާއި، އެ ނިންމުން ނިންމެވުމުގައި ތެޔޮއުފައްދާނެ މިންވަރު ކަނޑައެޅުމުގައި މިހާރު ގެންގުޅޭ ސިޔާސަތުތަކާއި ކުރިއަށް ހުރި ސިޔާސަތުތަކަށް ފަރުވާތެރިކަމާ ބަލާފައިވާނެ ކަމަށެވެ.

އޯޕެކުން ވަކިވާން އެގައުމުން ނިންމާފައިވާ މި ދަނޑިވަޅަކީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ ބާޒާރަށް ވަރަށްބޮޑު ހީނަރުކަމެއް އައިސްފައިވާ ފދަނޑިވަޅެކެވެ.

ޔޫއޭއީގެ މި ނިންމުމާ ގުޅިގެން އޯޕެކް އަށާއި އެ ޖަމާއަތުގައި އިސްކޮށް އުޅޭ ސަައުދީއަރަބިއްޔާއަށް ވަރަށްބޮދު ގެއްލުމަކާ ކުރިމަތިވާނެ ކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add