އެއާ އިންޑިއާ ރާއްޖެއައުން އަންނަ އޯގަސްޓުގެ ނިއަލަށް މެދުކަނޑާލައިފި

އިންޑިއަން އެއާލައިން (އެއާ އިންޑިއާ) ގެ ދަތުރުތައް ރާއްޖެއައުން އަންނަ އޯގަސްޓު މަހުގެ ނިއަލަށް މެދުކަނޑާލައިފި އެވެ.

އެއާ އިންޑިއާއިން ބުނީ ބައެއް އެ އެއާލައިނުން ދަތުރުކުރާ ބައެއް މަންޒިލް ތަކަށް ދަތުރުކުރާ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައި އޮންނަ ގިނަދުވަސްތަކެއް ވެފައި ވުމާއި ޖެޓް ފިއުލްގެ އަގު އުފުލިގެން ދިއުން ފަދަ ކަންކަމާ ގުޅިގެން އެ އެއާލައިނުން ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް އަންނަ އޯގަސްޓް މަހުގެ ނިއަލަށް މެދުކަނޑާލާފައިވާ ކަމަށެވެ.

އެގޮތުން ދިއްލީން ރާއްޖެއަށް ކުރަމުންއައި ދަތުރުތަކާއި، ޗައިނާގެ ޝަންހާއީ އަށާއި ބަނގުލަދޭޝްގެ ޑާކާ އަށް ކުރާ ދަތުރުތަކުގެ އިތުރުން ޗެންނާއީންސިންގަޕޫރަށާއި، އެމެރިކާ އަށް ކުރާ ބައެއް ދަތުރުތައްވެސް މެދުކަނޑާލާފައިވާ ކަމަށް އެ އެއާލައިނުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *