އެންމެ ގިނަދުވަހު އިންޑިއާގެ ބޮޑުވަޒީރުކަން ކުރުމުގެ ޝަރަފޫ ހޯއްދެވުމާ ގުޅިގެން މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ތާރީޚުގައި އެޤައުމުގައި ވިދިވިދިގެން އެންމެ ދިގު މުއްދަތެއްގައި ބޮޑުވަޒީރުގެ މަގާމު ފުރުއްވުމުގެ ޝަރަފު އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއަށް ވަނީ ލިބިވަޑައިގެންފފައެވެ.
އެކަން ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުްް ޙިއްސާކުރެއްވި މެސެޖުގައި، ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާ އިންޑިއާއާއި ދެމެދު އޮތް އިޙުތިރާމާއި ސިޔާދަތީ ހަމަހަމަ ކަމާއި ދެ ޤައުމުގެ ލާބައާއި މަންފާގެ މައްޗަށް ބިނާވެފައި އޮތް ގުޅުން މުސްތަޤުބަލުގައިވެސް އިތުރަށް ވަރުގަދަ ކުރެއްވުމުގެ ޢަޒުމް ވަނީ އައު ކުރައްވާފައެވެ.