ޑްރަގް އޮޕަރޭޝަނެއްގައި ޙަރަކާތްތެރިވި ފުލުހަކު މޫދުގައި މަރުވެފައިއޮއްވާ ފެނިއްޖެ

ޑްރަގް އޮޕަރޭޝަނެއްގައި ޙަރަކާތްތެރިވި ފުލުހަކު މޫދުގައި މަރުވެފައިއޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު އއ. އަތޮޅުގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57″ ގައި ތިބި ފުލުހުންގެ ތެރެއިން ހއ. އުލިގަމް އަށް ނިސްބަތްވާ 33 އަހަރުގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފް ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ މޫދުއަޑިން ފެނިފައިވާ ކަމަށެވެ.

އަދި ފުލުހުން ބުނީ އޭނާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ  ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ސީނިއާ ސާޖަންޓް އަހުމަދު އާސިފް އަކީ ހިމަންދޫގައި ރޭ ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނަށް މާލެ އިން ދިޔަ ފުލުހުންގެ ހާއްސަ ޓީމުގައި ހިމެނުނު ފުލުހެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *