8 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި 3 ދިވެހިންނާއި 2 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އާއި މުކުރިމަގު ، ފޭރުގަސްދޮށުގެ ، ލ.ގަން / އަޙްމަދު އަފްރާޙް (33އ) އާއި ކ.މާލެ / ހ.ކަހަފަތި ، އިލްޔާސް އަޙްމަދު (42އ) އާއި ކ.މާލެ / ގ.ހޭޅި ، ޙަސަން ޝަމްޢޫން (36އ) ކަމަށެވެ.
މި މަހުގެ 9 ވަނަ ދުވަހު ވައިގެ މަގުން އެތެރެކުރަނިކޮށް ވެލާނާ އެއާޕޯޓުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިންބއަތުލައިގެންފައިވަނީ މިސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އެވެ. އެތަކެތީގެ ބަރުދަނުގައި 8 ކިލޯ 490 ގްރާމުގެ ހުރި ކަމަށާއި އަދި އެ ތަކެތީގެ މަގުމަތީ އަގު 6 މިލިއަނަށް އަރާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.