ހިންނަވަރުގައި މަސްތުވާތަކެތި ވިއްކާ 4 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޅ.ހިންނަވަރުން 4 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހިންނަވަރަށް ނިސްބަތްވާ ހަތަރު މީހުންނެވެ. އެއީ ކަރެޝްމާ / ޢަބްދުލްމަޖީދު ރަޝާދު (35އ) އާއި ސަރަހަ / މުޙައްމަދު ސައްޖާދު ޢަލީ (34އ) އާއި ދިލްޝާދު / (24އ) އާއި ދުވާފަރު / ޢަހުދު އިބްރާހީމް (34އ) އެވެ. މި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ނައިފަރު ޕޮލިސް ސްޓޭޝަނާއި ހިންނަވަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

 

މި މަހުގެ 9 ވަނަ ދުވަހު ހިންނަވަރު ގެއަކުން މި މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުންވބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަހުދު އިބްރާހިމް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަދި އަނެއް ތިންމީހުން 12 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *