މުޞްޙަފުގައި ބޮސްދިނުމަކީ ކޮންކަހަލަ ކަމެއް؟

ސުވާލު: މުޞްޙަފު ވެއްޓުމުން މުޞްޙަފުގައި ބޮސްދިނުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟


ޖަވާބު: “މުޞްޙަފުގައި ބޮސްދިނުމަކީ މަޝްރޫޢުކަމެއްކަމަށް އެއްވެސް ދަލީލެއް އެނގިފައެއް ނެތެވެ. އެކަމަކު މީހަކު މުޞްޙަފުގައި ބޮސްދިނުމަކީ، އެއީ އޭގައި މައްސަލައެއް އޮތްކަމެއް ނޫނެވެ. އެއީ މާތް ޞަޙާބީ އިކްރިމާ ބިން އަބީޖަހްލު ރަޟިޔަﷲ ޢަންހުގެ ގެ ފަރާތުން އެކަލޭގެފާނު މިފަދައިން ވިދާޅުވެ މުޞްޙަފްގައި ބޮސްދެއްވިކަމަށް ރިވާވެގެންވެއެވެ. “މިއީ އަހަރެންގެ ރައްބުގެ ކަލާމްފުޅެވެ.” ކޮންމެ ޙާލެއްގައިވިޔަސް، ބޮސްދިނުމަކީ އެއީ އެކަމުގައި މައްސަލައެއް އޮތްކަމެއް ނޫނެވެ. އެކަމަކު އެއީ މަޝްރޫޢުކަމެއް ނޫނެވެ. އެކަމުގެ މަޝްރޫޢިއްޔަތަށް ދަލީލެއް ނެތެވެ. މަތިން ތަނަކުން ނުވަތަ އަތުން މުޞްޙަފު ވެއްޓުމުން، މުޞްޙަފްނަގައި އިޙްތިރާމްކުރުމާއި ޤަދަރުކުރުމުގެ ގޮތުން މީހަކު ބޮސްދިން ކަމުގައިވިޔަސް، އިން ޝާ ﷲ އެކަމުގައި މައްސަލައެއް ނެތެވެ.” كتاب مجموع فتاوى ومقالات متنوعة لسماحة الشيخ العلامة عبد العزيز بن عبد الله بن باز رحمه الله . م/9 ص/289

ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީގެ ފަތުވާގައިވެއެވެ. “މުޞްޙަފުގައި ބޮސް ދިނުމަށް ދަލީލެއް ނެތެވެ.” އެހެން ޖަވާބެއްގައި ވެއެވެ. “މުޞްޙަފުގައި ބޮސްދިނުމުގެ މަޝްރޫޢިއްޔަތަށް އެއްވެސް ދަލީލެއް އޮތްކަމެއް އެނގޭކަށް ނެތެވެ. ކީރިތި ޤުރްއާން ބާވައިލެއްވުނީ ތިލާވަތު ކުރުމަށާއި އެއާމެދު ވިސްނާފިކުރު ކުރުމަށާއި އެ މަތިވެރިކޮށް އެއަށް ޢަމަލުކުރުމަށްޓަކައެވެ. فتاوى اللجنة الدائمة (رقم4172)

https://islamqa.info/ar/answers/2260
https://islamqa.info/ar/answers/9320

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *