ޔަމަނުގެ ސަރުކާރާ ގުޅިގެން ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތް ފުރިހަމައަށް ބަލައިގަންނަކަމަށް ރާއްޖެއިން ބުނެފި

ޔަމަނުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަށް ޔަމަނުގެ ޤާނޫނީ ސަރުކާރާއި، އދ ގެ އިދާރާތަކާއި ގުޅިގެން ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތް ފުރިހަމައަށް ބަލައިގަންނަކަމަށް ރާއްޖެއިން ބުނެފި އެވެ.

ރާއްޖެއިން އެހެން ބުނެފައިވަނީ ޔަމަނުގެ ރައްޔިތުން ހާލުގައި ޖެއްސުމަށް ސައުދީ އަރަބިއްޔާއިން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތތުން ނެރެފައިވާ ބަޔާނާ ގުޅިގެން ސައުދީ އަރަބިއްޔާއިން ނެރެފައިވާ ބަޔާނަށް ރާއްޖެއިން ތާއިދުކުރާކަން ހާމަކުރެއްވުމަށް ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައެވެ،

ފޮރިން މިނިސްޓްރީން ނެރެފައިވާ އެ ބަޔާނުގައި ޙޫޘީން ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށް ސަޢުދީ ސަރުކާރުން އެކަމާ ގުޅިގެން ނެރުނު ބަޔާނަށް ފުރިހަމައަށް ތާއީދުކުރާކަން ވަނީ ހާމަކޮސްފައެވެ.

އަދި ފޮރިންގ މިނިސްޓްރީގެ ބަޔާނުގައި ސައުދީ އަރަބިއްޔާއާއެކު އޮތް ބަދަހި ގުޅުން އާކޮށް، ޔަމަނުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއގައި ރާއްޖެއިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *