އައްޑޫސިޓީ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެކުންފުނިން ބުނީ އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް އަދި ބީމްގެ ކޮންކްރީޓް މަސައްކަތްތަކާއި، ރޭމްޕް ދަގަނޑު އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ސައިޓުގައި ރޫފް ލެވެލް ސްލެބް ޝަޓަރިން އެންޑް ރިއިންފޯސްމަންޓްގެ މަސައްކަތްތައް ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 5 ގައި އައްޑޫސިޓީއަށް ރައީސް ޑރ މުއިއްޒު ކުރެއްވި ޒިޔާރަތުގައި ބިންގާ އަޅުއްވައިދެއްވި މި މަޝްރޫޢަކީ 6.5 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަސްރޫއުއެކެވެ.