އީޔޫ އާއި ބެލްޖިމްގެ ސަފީރުކަމަށް ދިޔާނާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި

ޔޫރަޕިއަން ޔޫނިއަން އާއި ބެލްޖިއަމް ރާއްޖޭގެ ފަރާތުން އައްޔަނުކުރާ ސަފީރުގެ މަގާމަށް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިޔާނާ އެމަޤާމަށް އައްޔަނުކުރުމަށް ރުހުންދޭން ފެނޭތީ ބެލުމަށް ނެގި ވޯޓުގައި އެކަމަނާ އެ މަޤާމަށް އައްޔަނުކުރަންފެންނަކަމަށް ފާސްވީ އެ ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިުފާގުންނެވެ.

ފާތިމަތު ދިޔާނާ ސައީދު އަކީ ޔޫރަޕިއަން ޔޫނިއަން އަށާއި ބެލްޖިއަމް އަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައިވާއިރު އެކަމަނާއަކީ ފޮރިންގ މިނިސްޓްރީގެ އެމްބަސެޑަރ އެޓް ލާޖުގެ މަޤާމުވެސް އަދާކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

އެކަމަނާ އެމްބެސަޑަރ އެޓް ލާޖުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *