3 ރަށެއްގައި ހޭންޑްބޯލް ކޯޓު އަޅަން މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި

3 ރަށެއްގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތް މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއާއި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވުނު އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓާ މުހައްމަދު ފަޔާޒުއެވެ. އަދި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ އިސްމާޢިލް ޝާކިރު އެވެ.

މި އެއްބަސްވުންތަކުގެ ދަށުން ހޯންޑްބޯލް ކޯޓުތައް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އއ މަތިވެރި އާއި ހއ ފިއްލަދޫގެ އިތުރުން ބ ކުޑަރިކިލުގައި އެވެ.

ކޮންމެ ރަށެއްގެ ހޭންޑްބޯލް ކޯޓުތަރައްގީކުރުމަށް 1.6 މިލިއަންގެ އަގަކަށް ސޮއިކޮށްފައިވާ މި އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ ތެރޭގައި 3 ރަށުގައިވެސް ހޭންޑްބޯލް ކޯޓް ތަރައްގީކޮށް ނިންމަން ޖެހޭނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *