އަމީނީމަގާ ގުޅުވައިގެން އަސްލު ޓީވީން ގެނެސްދިނީ ދޮގު ރިޕޯޓެއް، އެކަމާ ގުޅިގެން ގާނޫނީ ފިޔަވަޅުއެޅުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްޓީސީސީ

އެމްޓީސީސީއާއި އަމީނީ މަގު މަޝްރޫއުއާއި ގުޅުވައިގެން "އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް، އެމްޓީސީސީގެ އިޙުމާލާއި، ރައްޔިތުން ރަތަށް" މި މައުޟޫއުގައި "އަސްލު ޓީވީން" ޝާޢިއުކޮށް ދައުރުކުރަމުންދާ ވީޑިއޯ ރިޕޯޓަކީ އެއްވެސް ޙަ ޤީޤަތެއް ނެތް، ދޮގު މަޢުލ މާތުގެ މައްޗަށް އެކުލަވައިލައިފައިވާ ވީޑިއޯ ރިޕޯޓެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އަސްލު ޓީވީން ގެނެސްދީފައިވާ އެ ރިޕޯޓާ ގުޅޭ ގޮތުން އެމްޓީސީސީއިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ އަސްލުޓީވީ ގެނެސްދީފައިވާ އެ ރިޕޯޓަކީ އެއްވެސް ދިރާސާއެއް ކުރުމެއްނެތި ކަމުގެ ޙަޤީޤަތް އޮތްގޮތް ބަލައިލުމުއް ނެތި، ޝާޢިއުކޮށްފައިވާ ބުޚުތާނު ދޮގު ވީޑިއޯ ރިޕޯޓެއް ކަމަށެޗެ.

އަދި މިފަދަ ވީޑިއޯ ރިޕޯޓެއް ޝާޢިއުކުރުމުގެ މަޤުޞަދަކީ މިކުންފުނީގެ މުވައްޒަފުން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ ލޯތްބާއި އިތުބާރު އަދި ރީތި ނަން ކިލަނބުކުރުން ކަމަށްވެސް އެ ކުންފުނިން ދެކޭ ކަމަށްވެސް އެ ކުންފުނީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން އެ ވީޑިއޯ ރިޕޯޓަކީ އެ ކުންފުންޏާއި ރައްޔިތުންނާ ދެމެދު ފިތުނަފަސާދަ އުފައްދައި، އެ ކުންފުނީގެ ކަސްޓަމަރުންނާއި ޙިއްޞާދާރުންނަށް މާލީގޮތުން ގެއްލުންދިނުމުގެ ޢަމަލެއް ކަމަށްވެސް އެ ކުންފުނިން ދެކޭ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ރީޕޯޓުގައި ވާ ކަންކަން ދޮގުކޮށް ހަގީގަތް ހާމަކުރުމުގެ ގޮތުން އެ ކުންފުނިން ބުނެފައިވަނީ އަމީނީ މަގުގައި އެކުންފުނިން ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ އަމީނީ މަގުގެ، ހެންވ ރާ ވީ ކޮޅުގައި، ކުރީގެ މެރިން ރިސާޗް ސެންޓަރު ކަންމަތީން ފެށިގެން ސްޓެލްކޯއާ ދިމާވާ ސަރަހައްދުގައި ކޮށްފައިވާ ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 9 ފެބްރުއަރީ 2023 ގައި ކަމަށާއި އަދި އެ މަސައްކަތް ނިންމި ތާރީޚަކީ
16 ފެބްރުއަރީ 2023 ކަމަށެވެ.

އެގޮތުން އެ ކުންފުނިން ކުރާ ކޮންމެ މަސައްކަތެއްވެސް ކުރަނީ އެކަމުގެ ފަންނީ މާހިރުންގެ ލަފަޔާއި ތަޖުރިބާއާއި އެކީގައި ކަމަށާއި، ރައްޔިތުންގެ ކުންފުނީގެ ހައިޞިއްޔަތުން އެ ކުންފުނިން އަބަދުވެސް މިއަންނަނީ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ ހެވާއި ލާބަ އިސްކޮށް، އިޖުތިމާޢީ ޒިންމާގެ ދަށުން ކުރެވެން ހުރި ގިނަކަންކަންވެސް ކޮށްދީ، ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް މަސައްކަތްކުރަމުންކަމުގައި ހުރިހާ ރާއްޔިތުންނަށް ޔަގީންކޮށް ކަށަވަރުކޮށްދޭ ކަމަށްވެސް އެ ކުންފުނީގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

ނަމަވެސް އެއްވެސް ހަޤީޤަތެއް ނެތި ފަތުރާ މިފަދަ ދޮގު ވާހަކަތަކުގެ ސަބަބުން ، ރައްޔިތުންގެ ހިތުގައި އެ ކުންފުންޏަށާއި، އެ ކުންފުނިން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ މަޝްރ ޢުތަކާ މެދު އުފެދިފައިވާ އިތުބާރާއި، ލޯބި ފަނޑުވެގެން ދިއުމަކީ އެ ކުންފުންޏަށް ލިބޭނެ އިޔާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއްކަމުގައި އެ ކުންފުނިން ދެކޭ ކަމަށާއި، އެހެންކަމުން ތަހުޒީބު މުޖުތަމަޢުތަކުގައި ކަންކަން ކުރާއުޞޫލުން، ކަންކަމުގެ ހަޤީގަތް ބަލައި އޮޅުންފިލުވައި، ހެއްކާއެކު ތެދު މައުލޫމާތު
ފެތު7ރުމަށްވެސް މީޑިއާތަކަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އަމީނީމަގާ ގުޅުވައި "އަސްލު ޓީވީ" އިން ދައުރުކުރަމުންދާ ހަގީގަތާ ޚިލާފު ދޮގު ވީޑިއޯގެ މައްސަލަ ބެލުމަށް ކަމާބެހ ފަރާތްތަކަށްވެސް އެކުންފުނިން ވަނީ ގޮވާލާފައެވެ. އެގޮތުން އެ ކުންފުނީގެ ކަސްޓަމަރުންނާއި ޙިއްޞާދާރުންގެ ޙައްޤުތައް ޙިމާޔަތްކޮށް، ރައްކާތެރިކުރުމަށް ޓަކައި، ކުރާންޖެހޭ ކޮންމެކަމެއް ކުރުންމަތީ އެ ކުންފުނި ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް އެ ކުންފުނީގެ ނޫސްބަޔާނުގައި ވަނީ ދެއްވާފައެވެ.

އަދި އެ ވީޑިއޯގެ މައްސަލައިގައި އަޅާން ޖެހޭޤާނ ނީ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރާންޖެހޭ ކަންކަން އެ ކުންފުނީގެ ޤާނޫނީ ޓީމުން ކުރަމުން އަންނަ ކަމަށްވެސް އެކުންފުނީގެ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށް އެ ކުންފުނީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *