"ދަނޑުވެރި ނަފާ" ލޯނު އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް އިފްތިތާހްކޮށްފި

"ދަނޑުވެރި ނަފާ" ލޯނު އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް އިފްތިތާހްކޮށްފި އެވެ.

ހއ ކެލާގައި ބޭއްވި ރަސްމިއްޔާތެއްގައި ދަނޑުވެރި މަންފާ އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރު އަދި ދަނޑުވެރި ނަފާ ލޯނު އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް އިފްތިތާހްކޮށްދެއްވީ އެގްރިކަލްޗަރ މިނިސްޓަރ އަޙްމަދު ޝިޔާމް އެވެ.

އިއްޔެ އިފްތިތާހު ކުރެވުނު އެގްރިކަލްޗަރ މިނިސްޓްރީ އާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިނގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމްގެ 2ވަނަ ބުރެވެ.

މީގެ އިތުރުން އިއްޔެ އިފްތިތާހުކުރެވުނު އަނެއް ސްކީމަކީ މިނިސްޓްރީގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ނަފާ ލޯން ސްކީމް އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް، ތަޢާރަފްކުރެވުނު ނަފާ ސްކީމް އެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ބުނީ މިދެ ސްކީމަކީވެސް އެސްއެމްއީ ޑިޖިޓަލްއާއި ގުޅިގެން ހިންގާ، ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމްތަކެކެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މި 2 ސްކީމަކީވެސް 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)’ގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށް އަމާޒު ކޮށްގެން ހިންގޭ 2 ސްކީމް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *