ޢިޤްތިޞާދު ރަނގަޅުކުރަން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ

ރާއްޖޭގެ މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށާއި އިޤްތިޞާދު ހަރުދަނާކުރުމަށްޓާކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ފިނޭންސް މިނިސްޓަރ ހަަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ދަޢުލަތުގެ ދަރަންްޏާއި، ބަޖެޓުގެ ދަތިކަން ޙައްލލުކުރުމައްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ތެރޭގައި ދަޢުލަތުގެ ރިކަރަންޓް ޙަރަދުތައް ކުޑަކުރުމަށާއި، ބޭކާރު ޙަރަދުތައް ހުއްޓުވުމަށް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ.

އަދި ކުރީގެ ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި ޤަޢުމަށް ދަތިނުވާނެ ފަދަ ލުއި ގޮތްތަކެއް ހޯދުމަށް މަޝްވަރާތައް ކުރިއަށްދާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޓެކްސް ނިޒާމަށް ގެންނަންޖެހޭ އިސްތިލާހުތަކާއި، ދަޢުލަތަށް ލިބެންޖެހޭ އާމްދަނީ ފުރިހަމައަށް ހޯދުމަށް ފަށާފައިވާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ. ހަމައެހެންމެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަލުން ފެށުމަށް އިސްކަނެދޭނެ ތަރުތީބުތައް މެންބަރުންނާއި ޙިއްސާ ކުރެއްވިއެވެ.

މިނިސްޓަރ ވަނީ މިއަދުގެ ޖަލްސާގައި އެކި ދާއިރާ ތަކުގެ މެންބަރުން އެ ދާއިރާތަކުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ބަޖެޓް އަދި ޑޮލަރުގެ އަގު ކުޑަ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، މި ހާލަތުން އަރައިގަނެ އިގްތިޞާދު ހަމަމަގަށް އެޅުވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *