މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 42 މިލިއަން ރުފިޔާ ވަނީ ލިބިފައި: އެމްޓީސީސީ

2025 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ސާފު ފައިދާގެ ގޮތުގަ 42.03 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެކުންފުނިން ބުނީ ވޭތިވެދިޔަ 2025 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާލިބުމާއެކު ޖުމްލަ ސާފު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 42 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެމްޓީސީސީގެ 2025 ވަނަ އަހަރުގެ މާލީ ހިސާބުތަކުގެ ތަފްސީލަށް ބަލާއިރު އެ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 418.4 މިލިއަން ރުފިޔާއެވެ. 2 ވަނަ ކުއާޓާގައި 490.3 މިލިއަން ރުފިޔާ އަދި ތިންވަނަ ކުއާޓާގައި 501.1 ރުފިޔާ ލބިފައިވާއިރު އެކުންފުންޏަށް 2025 ވަނަ އަހަރު އެންމެ ބޮޑު ލިބިފައިވަނީ އެ އަހަރުގެ 4 ވަނަ ކުއާޓާގައެވެ. އެ ކުއާޓާގައި ޖުމްލަ 724.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

މީގެ އިތުން 2025 ވަނަ އަހަރުގެ އެ ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ވަނީ 62.1 މިލިއަން ރުފިޔާއިން ގެއްލުމެއް ވެފައެވެ. ނަމަވެސް 2 ވަނަ ކުއާޓާގައި 27.9 މިލިއަން ރުފިޔާ، 3 ވަނަ ކުއާޓާގައި 13.3 މިލިއަން ރުފިޔާ އަދި 4 ވަނަ ކުއާޓާގައި 62.8 މިލިއަން ރުފިޔާގެ ފައިދާ ވެފައިވާ ކަމަށްވެސް މާލީ ހިސާބުތަކުން ދައްކަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *