ބޭރުގެ މަޝްރޫއުތަކުގައި ބައިވެރިވުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ރާއްޖެއިން ބޭރުގައި ހިންގާ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކުގައި ބައިވެރިވުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެ ކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މަޝްރޫއުތައް ހިންގުމުގެ ހުނަރާއި ތަޖުރިބާ ދުނިޔޭގެ ފެންވަރުގައި އެ ކުންފުނީގެ މުވައްޒަފުންނަށް ހޯދައިދިނުމަށްޓަކައި، ރާއްޖެއިން ބޭރުގެ ޕްރޮޖެކްޓްތަކުން ފުރުސަތު ހޯދުމަށް އެ ކުންފުނިން ދިރާސާކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އިންޑިއާގެ ބައެއް ކުންފުނިތަކާއެކު ބައިވެރިވެގެން ބައިނަލްއަގުވާމީ މަޝްރޫއުތަށް ކުރިއަށް ގެންދިއުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި، އޭގެތެރޭގައި ކަނޑުގައި ކުރިއަށްގެންދާ އުމްރާނީ މަސައްކަތްތަކަށް ބޭނުންވާ ހާއްސަ ސާމާނާއި މެޝިނަރީ ފޯރުކޮށްދިނުމުގައި ބައިވެރިވުމާއި، ސަރަހައްދީ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ބިޑްކުރުމުގައި އެމް.ޓީ.ސީ.ސީގެ ތަޖުރިބާގެ ބޭނުން ކުރުމާ ގުޅޭ މަށްވަރާތަށްވެސް ހިމެނޭ ކަމަށް އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ބުނެފައި ވެއެވެ.

އަދި އެ ރި÷ޯތުގައި ބުނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހިންގާ މަޝްރޫއުތަކަށް އެ ކުންފުނިން ވަންނާނީ ރާއްޖޭގައި ހިންގާ އެއްވެސް އިންފްރާސްޓްރަކްޗަރ މަޝްރޫއުއަކަށް ބުރުލެއް ނާރާނެ ގޮތުގެ މަތިންކަމަށާއި، އެ ކުންފުނިން އަދާކުރާ ގައުމީ ވާޖިބަށް އެއްވެސް ބުރުލެއް އެކަމުގެ ސަބަބުން ނާރާނެ ގޮތުގެ މަތިން ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *