އިނގިރޭސިވިލާތަށް ދިވެހި ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ޖަމީލާ އަލީ ހާލިދު އައްޔަންކުރަން ރައްޔިރުންގެ މަޖިލީހުން ރުހުންދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖަމީލާ އެ މަގާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
އެއަށްފަހު މަޖިލީހުން ވަނީ އެ މައްސަލަ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީ އަށް ފޮނުވައި ޖަމީލާގެ ޝަރުތު ހަމަވާކަމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ޖަމީލާ އެ މަޤާމަށް އައްޔަނުކުރަން ފެންނަކަމަށް 59 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.