އިންފޯމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރަށް އައްޔަނުކުރަން މަޖިލީހުން ރުހުންދީފި

އިންފޯމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށުދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ޤާމަމުގައި މިހާރު ހުންނެވި އަޙްމަދު އާހިދު ރަޝީދުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 6 އަށް ހަމަވާތީ އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރުގެ ނަން އެކަންޏެވެ.

މިއަދުގެ ޖަލްސާގައި އެ މަޤާމަށް ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު އައްޔަނުކުރަން ފެންނަކަމަށް ރުހުންދޭން ފާސްވީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ފެންނަކަމަށް 47 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރަކީ ކުރިންވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އެންމެ ފުރަތަމަ އަދާކުރެއްވި ބޭފުޅާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *