ގޭސް ލީކުވެގެން ހިނގި ހާދިސާއެއްގައި އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެއްޖެ

ގެއެއްގެ ގޭސް ލީކުވެގެން ހިނގި ހާދިސާއެއްގައި ދިވެހި 51 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މާލޭގެ ގެއެއްގެ ގޭސްފުޅި ލީކުވެގެން ހިނގި ހާދިސާއެއްގައި ދެ މީހަކު ހާލު ދެރަވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:34 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި މާލެ ދަފްތަރު ރސ 6210 / ޒާހިދާ ތައުފީގު (51އ) ނިޔާވެފައިވާ ކަމަށާއި، ހާލު ދެރަވި އަނެއް މީހާއަށް އިތުރު ފަރުވާ ދިނުމަށް އޭޑީކޭ  ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ސްކޫޕް ގޯޅި ތެރޭގައި ހުންނަ ގެއެއްގައި ހިނގި މި ހާދިސާގައި ހާލު ދެރަވި 19 އަހަރުގެ އަންހެންމީހާ ފުރަތަމަ ގެންދިޔައީ އިންދިރާގާންދީ ހޮސްޕިޓަލަށް ކަމަށާއި، ނަމަވެސް ހައިޕަބެރިކް ޗެމްބާގައި ފަރުވާދިނުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައި ކަން އެނގިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *