ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ.

އެގޮތުން ވެރިފަރާތް ހޯދުމަށް ފުލުހުންގެ އެދިފައިވާ ތަކެއްޗަކީ:

މާފަންނު ޕޮލިސް

އޮގަސްޓު 24 ވަނަ ދުވަހު، ފަރީދީމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ސްޓަޑް ރޮޑް ތަކެއް. އިންސިޑެންޓް ނަންބަރު 700004

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކޮށް ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ވަނީ އެދިފައި.

ގަލޮޅު ޕޮލިސް

އޮގަސްޓު 26 ވަނަ ދުވަހު، ފަރީދީމަގު، ރަތްފުސްގެ ކައިރިން ފެނިފައިވާ އޮކްސް ބްރޭންޑުގެ އޭސީއެއް. އިންސިޑެންޓް ނަންބަރު 700248

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކޮށް ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ވަނީ އެދިފައި.

ހެންވޭރު ޕޮލިސް

އޮގަސްޓު 20 ވަނަ ދުވަހު، އާޓިފިޝަލް ބީޗް ކައިރިން ހޮވައިގެން ގެނެސްފައިވާ ވަން ޕްލަސް ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 699601

އޮގަސްޓު 21 ވަނަ ދުވަހު، އަމީރު އަޙްމަދު މަގު، ކުރަނގި ގޯޅި ގުޅޭ ހިސާބުން ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ އަތްދަބަހެއް. އިންސިޑެންޓް ނަންބަރު 699592

އޮގަސްޓު 25 ވަނަ ދުވަހު، އަމީރު އަޙްމަދު މަގު، ހޮޓެލް ޖެން ކައިރިން ހޮވައިގެން ގެނެސްފައިވާ ޕިލިޕްސް ބްރޭންޑުގެ އިއަރބަޑްއެއް. އިންސިޑެންޓް ނަންބަރު 700178

މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކޮށް ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ވަނީ އެދިފައި.

ހުޅުމާލެ ފޭސް 2 ޕޮލިސް

އޮގަސްޓު 13 ވަނަ ދުވަހު، ހުޅުމާލެ ފޭސް 2، ހިޔާ 2 ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ، ހިޓާޗީ ބްރޭންޑުގެ އޭސީއެއް. އިންސިޑެންޓް ނަންބަރު 698592

މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކޮށް ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ވަނީ އެދިފައި.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *