ބަނޑިދޫ އާއި ކެލާގެ ބަނދަރާއި ކެލާގައި މަސްވެރިކަމުގެ ވަސީލަތް ބިނާކުރަން ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު އެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢުދީއެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބަނޑިދޫ 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީ އާއި ހަވާލުކޮސްފައިވާ ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން 3.5 މީޓަރަށް ބަނދަރު ފުން ކުރުމާއި، 4 މީޓަރަށް ނެރު ފުންކުރުމާއި 170 މީޓަރުގެ ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ޤާއިމްކުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ.
އަދި ހއ ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި މަސްވެރިކަމުގެ ވަސީލަތް ބިނާކުރަން ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގައި ހިމެނެނީ އެރަށު ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން 8.56 ހެކްޓަރުގެ ބިން ހިއްކުމެވެ. މީގެ އިތުރުން 266 މީޓަރުގެ އެއްގަމު ތޮއްޓެއްލުމާއި 6 މޫރިން ބޮއި ހަރުކުރުމާއި ސޭންޑްފިލްޑް ބްރޭކްވޯޓަރ ހެދުމާއި 692 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ.
ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި މަސްވެރިކަމުގެ ވަސީލަތް ބިނާކުރަން ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށްވެސް އިންފްރާސްޓްކްޗަރ މިނިސްޓްރީން ބުނެއެވެ.




