ރާއްޖެއަށް ފެންވަރުރަނގަޅު ބޭސް ގެނައުމަށް ޕާކިސްތާނުގެ ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާއެކު ރާއްޖޭގެ ސްޓޭޓް ފާމާއިން ޑިސްޓްރިބިއުޓަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްޓޭޓް ފާމާ އިން ބުނީ ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން އެކުންފުނީގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެހެންދާނެ ކަމަށެވެ.
އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭހުގެ ބާވަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެ އްބަސްވުމުގެ ސަބަބުން ޔަގީންކަން އިތުރުވެގެންދާނެ ކަމަށާއި، އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބުމުގެ އިންތިޒާމުތައް ވަރުގަދަކުރުމަކީވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެއްކަމަށް އެ ކުންފުނިން ބުނއެވެ.




