ރ އިންނަމާދޫގައި ފަތާ ސަރަހައްދެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްްފި އެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އެމްޓީީސީސީ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު އެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އެމްޓީސީސީ ޢާއި ހަވާލުކުރި މި މަޝްރޫއުގެ ދަށުން 4،100 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 200 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 190 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
އަދި މި ޟަޝްރޫއުގެ އަހަކީ 23.21 މިލިއަން ރުފިޔާ ކަމަށާއި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށްކަމަށްވެސް އެމްޓީސީސީ އިން ބުނެފައި ވެއެވެ.




