ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމު ކުރަން ސަރުކާރުން ނިންމައިފިި އެވެ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މުޅި ސަރުކާރު ގުޅިގެން ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދޭން ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ރިޔަލް ޓައިމްކޮށް މޮނިޓާ ކުރެވޭނެ ޓްރެފިކް ސެންޓަރެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން މާލެ ސަރަހައްދަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނަކަށް ހަދައިގެން ނޫން ގޮތަކަށް ޓްރެފިކް މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.
އެގޮތުން ސަރުކާރުން ހަދަމުންދާ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯން ހެދުމުގެ ޤާނޫނާ ގު ޅޭގޮތުން ގިނަ ފަރާތްތަކާއި މަޝްވަރާކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.




