ވައި ގަދަވާނެކަމަށް ލަފާކޮށް ބ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ މިއަދުގެ ހެނދުނު 8:00 އިން ފެށިގެން މެންދުރު 14:00 އަށް ބ އަތޮޅުން ފެށިގެން ލ އަތޮޅަށް ގަޑިއަކު 19 މޭލާއި 24 ،މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ.
White Alert for strong winds and rough seas. pic.twitter.com/8TwgHgHazW
— Maldives Meteorology (@MetMaldives) September 13, 2026
އަދި އެވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައި ވެއެވެ.




