ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މިސްރު މީހަކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
މިސްރަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ މީހާ އިއްޔެ ހައްޔަރުކުރީ ވެލާނާ އެއާޕޯޓުގައި ހުރެ ދަބަހުގައި ބޮމެއް އޮތްކަމަށް ބުނުމުން ކޯޓުއަމުރެއްގެ ދަށުންނެވެ. މި މައްސަލާގަައި ހައްޔަރުކުރީ މީހާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ އެއާޕޯޓުގެ ޑިޕާޗާ ސްކްރީން ސަރަހައްދުގއި އެ މީހާއާއި އެމީހާގެ ދައްތަ ހުއްޓައި ޑިއުޓީ އޮފިސަރުން އޭނާގެ ދައްތަގެ ދަބަސް އިތުރަށް ޗެކުކުރަން ދިޔަ ވަގުތު، އެ ދަބަހުގައި ބޮމެއް އޮތްކަމަށް އެމީހާ ބުނުމުން ކަމަށް ހައްޔަރުކުރި ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ނަމަވެސް އެކަމާގުޅިގެން ސިފައިންނާއި ފުލުހުން އައިސް ދަބަސް ބަލައިފާސްކުރިއިރު، ދަބަހުން އެފަދަ އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށް މި މައްސަލަ ތަހުގީގުކުރާ އޮފިސަރު ކޯޓުގައި ބުނެފައިވެއެވެ.




