މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ދެއްވަދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މަހު 24 ވަނަ ދުވަހު ދެއްވަދޫ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ތުހުމަތު ކުރެވިގެން ގއ. ކޮލަމާފުށި، އަސަރީގެ / މުޙައްމަދު ސާއިފް ޢަލީ (26އ) އެ ރަށު ބަނދަރު ސަރަހައްދުން ހުއްޓުވައި އޭނާއާއި އޭނާހުރި ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފޮއިލްކޮޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދަޅެއް ފެނިފައިވާތީ އޭނާ އެ މައްސަލާގައި އޭނާ ހައްޔަރުކޮސްފައިވާ ކަމަށެވެ.
އަދި އޭނާ އަތުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 48 ގުރާމް ކަމަށާއި، އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.




