ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދާ ހުރިހާ ފަރާތްތަކަށް ސިއްހީ މަރުކަޒްތަކުން ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އެ ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ ފަރާތްތަކަށް މީގެ ކުރިން ހިލޭ ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައިއޮތީ މާލެ ސިޓީގައި އެކަނި ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ހައްޖުވެރިންނަށް ދެއްވި ޔަގީންކަމާ އެއްގޮތަށް ހުރިހާ ފަރާތަކަށްވެސް އެ މީހަކާއި އެންމެ ކައިރި ސިއްހީ މަރުކަޒަކުން ހިލޭ، ވެކްސިން ޖެހޭނެ އިންތިޒާމު އެ ކޯޕަރޭޝަނުން މިހަރު ހަމަޖައްސާފައިވާ ކަމަށެވ.
އަދި މީގެ އިތުރުން މާލެ ސިޓީގައި ދިރިއުޅޭ މީހުންނަށްވެސް މާފަންނު އަރބަން ޕްރައިމަރީ ހެލްތު ސެންޓަރުން ހިލޭ ވެކްސިން ޖެހުމުގެ އިންތިޒާމް މިހަރު ހަމަޖެހިފައިވާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.




