ހުޅުމާލޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީ ކޮސްފައިވާ ހައުސިންގ ޔުނިޓްކަުގެ 50 އިންސައްތަ ޔުނިޓްގައި ދިރިއުޅޭ ފަރާތްތަކުން ކުލިދައްކަމުން ނުދާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކޓަރ އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ދިވެހި ރާއްޖޭގެ އަޑުގެ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ޒުހައިރު ވިދާޅުވީ އެކި ހާލަތްތައް ކުރިމަތިވެގެން ސޯޝަލް ހައުސިން ޔުނިޓްތަކަށް ޤަވާއިދުން ކުލި ނުދައްކާ މައްސަލަ އަބަދުވެސް ފެންމަތިވާ ކަމަށެވެ.
އަލީ ޒުހައިރު ވިދާޅުވީ އެ ކުންފުނިން ހިންގާފައި 172 މަޝްރޫއުއެއްގައި ތަރައްގީކޮށްފައިވާ 12000 އަށްވުރެ ގިނަ ފުލެޓް ހުޅުމާލޭގައި އެބަހުރި ކަމަށާއި، އޭގެ އިތުރުން ސެމީ ލަގްޒަރީ އަދި ލަގްޒަރީ އެޕާޓްމަންޓްގެ ގޮތުގައި 12831 ޔުނިޓާއި، ސެމީ ލަގްޒަރީ 1763 އެޕާޓްމަންޓާއި، ލަގްޒަީ އެޕާޓްމަންޓްގެ ގޮތުގައި ތަރައްގީކޮސްފައިވާ 1400 ޔުނިޓްގެ މަސައްކަތްތައް ކުރިއަށްދާކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.
މީގެ އިތުރުން އަލީ ޒުހައިރު ވިދަޅުވީ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ގޮތުގައި ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދީފައިހުރޭތޯ އަބަދުވެސް ބަލަމުންދާ ކަމަށާއި، އެގޮތުން ކުއްޔަށްދީފައި ހުންނަތަންތަން ހުސްކުރުމަށް ނޯޓޮސްދިނުންފަދަ ކަންކަންވެސް އަބަދުވެސް އެކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
އަދި ހާއްސަކޮށްް ބިދޭސީންނަށް ކުއްޔަށްދީފައިވާ ކަން ފާހަގަކުރެވޭ ތަންތަނާ މެދު ފިޔަވަޅު އަޅައި އެތަންތަންވެސް ހުސްކުރުވާފައިވާކަން އެމްޑީ އަލީ ޒުހައިރު ފާހަގަކުރެއްވި އެވެ.




