މިސްކިތްތަކާއި ވަގުފް އިމާރާތްތައް އަޅަން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޔާމީން އިދުރީސް ހަމަޖައްސައިފި އެވެ.
ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް އެ ކުންފުނީގެ މެނޭޖިންގ ޑިރެކޓަރުކަމަށް އައްޔަނުކޮސްފައިވާއިރު މި ކުންފުންޏަކީ މި ދިޔަ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޖކުންފުންޏެކެވެ.
މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން ބޯޑުމެންބަރުންވެސް ވަނީ އައްޔަނުކޮށްފައެވެ.
އެކުންފުނީގެ ބޯޑު މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތައްވެސް ޕީސީބީ އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އައްޔަނުކޮސްފައިވަނީ ޝައިހު އިއްޒުއްދީން އަދުނާން، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމަށް ހަމަޖައްސާފައިވަނީ ޔާމީން އިދުރީސް އަދި ބޯޑު މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ، ނ. ފޮއްދޫ ޔާގޫތުގެ ހުސެއިން ޝާމް އާދަމް އާއި، މއ. ބަރަކަ ޑރ. މުހައްމަދު ޝުޖާއު އާއި، ގދ. ތިނަދޫ، ވެލަގަލާ މަރްޔަމް ނިހާޔަތު އާއި، ރ. ކަނދޮޅުދޫ، މީނާޒް އަބްދުﷲ އަލީ އާއި، ހދ. ވައިކަރަދޫ، ސައިމާގެ މުހައްމަދު ހިލްމީ އެވެ.
މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަނުކުރުން https://t.co/Ujy7yFWk1R
— Privatization & Corporatization Board (@pcb_gov) October 8, 2026
މި ސަރުކާރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަގުފު އިމާރާތްތައް އަޅަން ނިންމައިފަ އެވެ.




