ފުލުހުންގެ ބެލުމުގެދަށުގައިހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ 5 ވަނަ ދުވަހު ނައްތާލި ބަނގުލަރަކީ އެ މުވައްސަސާއަށް ހުސަހެޅިގފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެދަށަށް ގެނެވިފައިވާ 3 އިންސިޑެންޓެއްގައި ހިފަހައްޓާފައިވާ ބަނގުރާ ކަމަށެވެ.
އެގޮތުން ދޫނިދޫގައި ނައްތައި ބަނގުރަލުގެ ތެރޭގައި ހިމެނެނީ 500 އެމްއެލްގެ 2547 ފުޅި އާއި 5 ލީޓަރުގެ 23 ފުޅި އާއި، އެހެނިހެން ތަކެތީގެ ގޮތުގައި 8 އައިޓަމް ހިމެނޭ ކަމަށްވެސް ފުލުހުން ބުނެއެވެ. ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި ޕްލާސްޓިކް ޓައްޕު ހިމެނެއެެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.




