Advertisement
BML Home 2nd Ad

މިއަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެ: ބީއެމްއެލްގެ ސީއީއޯ ޝަރީފް

މިއަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާއާއި ގުޅޭ ގޮތުން ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ސަބަބުން ބޭންކުގެ ބެލެންސް ޝީޓް ދަނީ ކުރިއަރަމުން ކަމަށެވެ. 

ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ދިވެހި ރުފިޔާ ލިބިފައިވާކަމަށް ބޭންކުން ބުންޏެވެ. މިއީ ބޭންކުގެ ތާރީހުގައި ވެސް ނުވަ މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ފަހަރެވެ. އަދި މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ލިބުނު 1.53 ބިލިއަން ރުފިޔާއާއި އަޅައި ބަލާއިރު %26 އިތުރު އަދަދެކެވެ.
▪ ތިންވަނަ ކުއާޓަރުގެ ނަތީޖާ ވަރުގަދަވުން: 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 647.2 މިލިއަން ރުފިޔާއެވެ. މިއީ2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 475.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު %36 އިތުރު އަދަދެކެވެ.
▪ ރައުސްމާލުގެ ފުދުންތެރިކަން: ބޭންކުގެ ރައުސްމާލު ވަނީ ވަރުގަދަ ކުރެވިފައެވެ. 30 ސެޕްޓެންބަރު 2026 އާ ހަމައަށް ކެޕިޓަލް އެޑިކުއެސީރޭޝިއޯ ހުރީ %38 ގައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ %12 އަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ.
▪ ކަސްޓަމަރުންގެ އިތުބާރު ބޮޑުވުން: ކަސްޓަމަރުން ބޭންކުގައިބަހައްޓާފައިވާ ޑިޕޮސިޓް 42.36 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މިއީ2025 ވަނަ އަހަރުގެ ނިޔަލަށް ހުރި 37.19 ބިލިއަން ރުފިޔާއަށް ވުރެ%14 އިތުރު އަދަދެކެވެ.
▪ ލޯނު ދޫކުރުމުގެ އައު ރެކޯޑެއް: އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ އަދަދު ވަނީ 12.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މުޅި 2025 ވަނަ އަހަރު ދޫކުރި ޖުމްލަ ލޯނަށް ވުރެ ވެސް އިތުރު އަދަދެކެވެ.
▪ ރާއްޖެއިން ބޭރަށް 2.86 ބިލިއަން ޑޮލަރު: 2026 ވަނަ އަހަރުގެ ފުރަތަމަނުވަ މަސްދުވަހުގެ ތެރޭގައި، ރާއްޖޭން ބޭރަށް ފޮނުވާފައިވާ ފައިސާގެ ޖުމްލަ 2.86 ބިލިއަން ޑޮލަރަށް އަރައެވެ. މިއީ 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ކުރެވުނު މުއާމަލާތްތަކެވެ.
▪ ކަސްޓަމަރުންނަށް 722.1 މިލިއަން ޑޮލަރު ފޯރުކޮށްދިނުން: 2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ މުއްދަތުގައި ދިވެހި ރުފިޔާއަށް ބަދަލުކޮށް ކަސްޓަމަރުންނަށް ދޫކުރި ބޭރު ފައިސާގެ އަދަދު، 2025 ވަނައަހަރުގެ މުޅި އަހަރު ދޫކުރި 733.8 މިލިއަން ޑޮލަރާ ގާތްގަނޑަކަށް އެއްވަރެވެ. މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ 2025 ވަނަ އަހަރު މަހަކަށްޖެހޭ އެވްރެޖަށް ވުރެ %31 އިތުރު އަދަދެކެވެ.
▪ ސެޕްޓެންބަރު މަހަކީ އާންމުކޮށް ބޭރު ފައިސާ ލިބުން ދަށް މަހެއް:ކޮންމެ އަހަރަކުވެސް ސެޕްޓެންބަރު މަހަކީ ބޭރު ފައިސާ ވަންނަ މިންވަރު އެންމެ މަދު މަސް ކަމަށްވާތީ، ބޭންކުން އަބަދުވެސް އެކަމަށް ދުރާލައި ތައްޔާރުވެއެވެ. އަދި ހަތަރުވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސީޒަން ފެށުމާއެކު ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެގެންދާނެއެވެ.

ބޭންކުގެ ލިކިއުޑިޓީ ހާލަތު ހުރީ ވަރަށް ބޮޑަށް ތަނަވަސްކޮށެވެ. ރެގިއުލޭޓަރީ ހުރިހާމިންގަނޑުތަކަކަށް ބޭންކުން ދަނީ ފުރިހަމައަށް އަމަލުކުރަމުންނެވެ. ބޭންކުގެލިކުއިޑިޓީ ދުވަހުން ދުވަހަށް މޮނިޓަރކޮށް، ކަމާބެހޭ ކޮމިޓީތަކުން ދަނީ ގަވާއިދުންމުރާޖައާ ކުރަމުންނެވެ. 30 ސެޕްޓެންބަރު 2026 ގެ ނިޔަލަށް:

• ކަސްޓަމަރުންގެ ޑިޕޮސިޓްގެ %36.5 ރަމްޒުކޮށްދެނީ ލިކިއުޑް އެސްޓް އެވެ.
• ލޯން–ޓު–ޑިޕޮސިޓް ރޭޝިއޯ ހުރީ %77.6 ގައެވެ. (ބޭންކުން އިންޓަރނަލީ ހިފަހައްޓާ މިންގަނޑަކީ %90)

ބޭންކުގެ ލިކިއުޑިޓީއަށް ބަލާއިރު ހާއްސަކޮށް ދިވެހި ރުފިޔާގެ ލިކިއުޑިޓީ ވަރަށް ވަރުގަދައެވެ. ބޭންކުގެ ލިކިއުޑިޓީ ކޮންމެ ދުވަހަކު ޓްރެޜަރީން މޮނިޓަރ ކުރަމުންދާއިރު، އެސެޓް އެންޑް ލައބިލިޓީ ކޮމިޓީއާއި ބޯޑު ރިސްކް ކޮމިޓީން އެކަންގަވާއިދުން މުރާޖައާ ކުރެއެވެ. މިކަން ކުރިއަށް ގެންދަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި، ކުރިއާލައި އަންގައިދޭ އިންޑިކޭޓަރތަކާއި، އަދި ކުއްލި ހާލަތްތަކުގައި ފައިސާ ހޯދުމަށް ކަނޑައެޅިފައިވާ އިންތިޒާމުތައް ހިމެނޭ ހަރުދަނާ އޮނިގަނޑެއްގެ ދަށުންނެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add