މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ރޯދަމަހުގެ އުމްރާ ދަތުރުތައް މޯލްޑިވިއަންގެ ފުލައިޓްގައި އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ސައުދި އަރަބިއްޔާގެ ޖިއްދާއަށް ފަށަން ނިންމައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ނެއެ ކޯޕަރޭޝްންގެ ހަވާލުގައި އަންނަ ރޯދަމަހު އައްޑޫއިން އުމުރާއަށްދާ އުމްރާވެރިންގެ ފަސޭހައަކަށް ސީދާ އައްޑޫއިން ސައުދީއަރަބިއްޔާގެ ޖިއްދާއަށް ދަތުރުކުރެވޭނެ ގޮތް މޯލްޑިވިއަންއާއި ގުޅިގެން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ކޯޕަރޭޝަނުން ބުނީ ރޯދަމަހުގެ ފަހު 15 އަށް ހާއްސަކޮށްގެން ބާއްވާ އެ ދަތުރު އައްޑޫ ގަމުން ސައުދީއަރަބިއްޔާއަށް ކުރާނީ 2027 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އަދި އެ އުމްރާ ދަތުރުގައި ސައްވާލު މަހުގެ 6 ރޯދަ އާއި ހަމައަށް މައްކާގައި ތިބޭނެ ކަމަށްވެސް ހައްޖު ކޯރަޭޝަނުން ބުނެއެވެ.
އައްޑޫއިން ރޯދަމަހު އުމުރާއަށް ގެންދިއުމުގެ އަގެއްގެ ގޮތުގައި ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވަނީ 48،965 ރުފިޔާ އެވެ. އަދި މުޅި ރޯދަމަސް ލިބޭގޮތަށް އުމްރާއަށް ގެންދިއުމުގެ އަގެއްގެ ގޮތުގައި އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވަނީ 54،965 ރުފިޔާ އެވެ.




