އައިލެންޑް އޭވިއޭޝަން ސާވިސް އިން ހިންގާ ދިވެހި ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުން އެއަރބަސް މަރުކާގެ 2 ބޯޓު ހޯދަން އިއުލާންކޮށްފިއެވެ.
އެކުނުން ކުރި އިއުލާނުގައި ބުނެފައިވަނީ އެކުންފުންޏަށް އެއަރބަސް A220-300 މަރުކާގެ 2 ބޯޓު ގަތުމަށް ބޭނުންވާ ކަމަށާއި އެހެންކަމުން އެ ކުންފުންޏަށް އެއާބަސް މަރުކާގެ ބޯޓް ވިއްކަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ.
އަދި އޮޕަރޭޓިންގ ލީސްގެ ދަށުން ބޯޓު ފޯރުކޮށްދިނުމަށް ޝަރުތުހަމަވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި ބުނެފައިވަނީ މި މަހުގެ 28 އެވެ.




