މޯލްޑިވްސް ޓްރާންސްޕޮޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްލިސް ރިޓަޔަރޑް އަޙްމަދު ސައުދީ ބ ކެންދޫ ކަންސިލާ ބައްދަލުކޮށްފި އެވެ.
އެމްޓީސީސީ ހެޑް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެ ކުންފުނީގެ މެނޭޖިންގ ދިރެކްޓަރުގެ އިތުރުން އެ ކުންފުނީގެ ސީނިއާރ މެނޭޖްމަންޓްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އެ ކުންފުނިން ބުނެއެވެ.
Our MD DCP (Retd.) Ahmed Saudhee and team met with B. Kendhoo Council. Discussions focused on status of ongoing projects.
#MTCCProjects #RayyithungeKunfuni https://t.co/almYEEBDY0— MTCC Plc (@MTCCPlc) October 13, 2026
އަދި މި ބައްދަލުކުރެއްވުމަކީ އެ ކުންފުނިން ބ ކެންދޫގައި ކުރިއަށްގެންދާ އިންފްރާސްޓްކަޗްރ މަޝްރޫއުތަކާ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.




