ހއ އަތޮޅުގެ ހުރިހާ ރަށެއްގެ ކަރަންޓު ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
އެކުންފުނިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ އެ ކުންފުނިން ރަސްމީކޮށް ޙަވާލުވެފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، އެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން.
— STELCO (@STELCOMALDIVES) October 17, 2026
އެގޮތުން އެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން ކަމަށާއި އެކުންފުނީގެ އަމާޒަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.




