މާލެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް (ސަބްސީ ޑީސެލިނޭޝަން ޕްލާންޓް) އެއް ޤާއިމުކުރުމުގެ ދިރާސާތައް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.
އެ ކުންފުނިން ބުނީ ކަނޑު އަޑީގައި ފެންއުފައްދާ ނިޒާމް ގާއިމްކުރުމަށްޓަކައި ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީޒްގެ މަސައްކަތް ކުރިއަށްގެންދާ "ފްލޯޝަން" ގެ ޓެކްނިކަލް ޓީމުން ވަނީ މާލެ ސަރަހައްދުގެ ކަނޑުގެ 500 މީޓަރު އަޑިން ފެން ސާމްޕަލް ނަގާފައި ކަމަށެވެ.
އެގޮތުން ފުރަތަމަ ބެލި ބެލުމުން މި ފެނަކީ އާދަޔާޚިލާފަށް ސާފު ފެނެއްކަން ފާހަގަކުރެވިފައިވާ ކަމަށާއި، އަދި އެކަން ކުރިއަށް އޮތް ލެބޯޓްރީ ތަޙުލީލުތަކުން ކަށަވަރުވެއްޖެނަމަ، އެ ފެނަކީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ގުދުރަތީ ވަސީލަތަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
A technical team from Flocean visited Maldives this week to carry out sampling as part of the subsea desalination feasibility study. Water samples were taken from 500 m below sea level, the clearest sea water we have ever seen. This enables us to carry out extensive laboratory testing to ensure the water meets the quality standards required for feed water.
Thank you Water Solutions for making this possible.
https://t.co/Axm2jhP6ON
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) October 15, 2026
އަދި މިހާރު ކުރިއަށްދާ ޢަމަލީ ދިރާސާއިން ލިބޭ ނަތީޖާތަކަށް ބަލައި، އެކަމަކީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން ރާއްޖެއަށް އެންމެ އެކަށީގެންވާ ޓެކްނޮލޮޖީކަން ކަޝަވަރުކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ ފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީ މަސައްކަތްކުރަނީ ކަނޑުގެ އަޑީގެ ތަބީޢީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް މަރުޙަލާ ހިންގާ ގޮތަށް ކަމަށާއި އެހެންކަމުން އެ ކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ޓެކްނޮލޮޖީގެ ސަބަބުން ފެން އުފެއްދުމަށް ކަރަންޓު ބޭނުންކުރާ މިންވަރު 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ އަދަދަކަށް ދަށްކުރެވި، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު ކުޑަކޮށް، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ކުޑަކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.




