މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފަށް ބޜުފައިސާގެ މުއާމަލާތް ކުރާ ކުންފުންޏެއްގެ ލައިސަންސް ހިފަހައްޓައި ޖޫރިމަނާކޮށްފި އެވެ.
އެމްއެމްއޭ އިން ބުނީ މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވެފައިވާތީ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ މަނީ އެކްސްޗޭންޖިންގ ލައިސަންސް ހިފަހައްޓައި، 5 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްއެމްއޭ އިން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ.




