ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޕާކިސްތާނށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
އެ މަނިކުފާނު ޕާކިސްތާނަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އިއްޔެ އެގައުމުގައި ބޭއްވި މޯލްޑިވްސް ބިޒްނަސް ފޯތރަމްގައި ވާހަކަދައްކަމުން ރައީސް ޑރ މުއިއްޒު ވިދަޅުވީ ވިޔަފާރި އާއި ދަތުރުފަތުރު އިތުރަށް ފުޅާކުރުމަށްޓަކައި، މޯލްޑިވިއަން މެދުވެރިކޮށް މާލެ އާއި، ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ވަރަށް އަވަހަށް ދަތުރުތައް ފަށާނެ ކަމަށެވެ.
މީގެ އިތުރުން އެ ގަމާއެކު މި ދަތުރުގެ ތެރޭގައި ހަދާފައިވާ 20 އެއްބަސްވުމުގެ ތެރޭގައި 2 ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުތައް އަލުން ފެށުމަށްވެސް ވަނީ އެއްބަސްވެފައެވެ.




