Advertisement
BML Home 2nd Ad
ނ.މަގޫދޫ މިސްކިތް ހުޅުވުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ނ.މަގޫދޫ މިސްކިތް ހުޅުވުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ނަމާދުގައި ކިޔެވުމުގެ މިންވަރު

ފާތިޙާ ސޫރަތަށް ފަހު ކީރިތި ޤުރުއާން ކިޔެވުމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ޢާއްމުގޮތެއްގައި ޘާބިތުވަނީ މިގޮތެވެ. މިއީ ޢާއްމުކޮށެވެ. ބައެއް ޙާލަތްތަކުގައި މިޔާ ޚިލާފަށްވެސް ކަންތައް ކުރައްވާފައިވެއެވެ.
1- ފަތިސް ނަމާދާއި މެންދުރު ނަމާދުގައި ދިގުކޮށް ކިޔެވެން
2- ޢަޞުރު ނަމާދާއި ޢިޝާ ނަމާދުގައި މެދުމިންވަރަކަށް ކިޔެވުން
3- މަޣްރިބު ނަމާދުގައި ކުރުކޮށް ކިޔެވުން
ދަލީލު: عَنْ سُلَيْمَانَ بْنِ يَسَارٍ عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ : (مَا صَلَّيْتُ وَرَاءَ أَحَدٍ أَشْبَهَ صَلَاةً بِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ فُلَانٍ) قَالَ سُلَيْمَانُ : (كَانَ يُطِيلُ الرَّكْعَتَيْنِ الْأُولَيَيْنِ مِنْ الظُّهْرِ ، وَيُخَفِّفُ الْأُخْرَيَيْنِ ، وَيُخَفِّفُ الْعَصْرَ ، وَيَقْرَأُ فِي الْـمَغْرِبِ بِقِصَارِ الْـمُفَصَّلِ ، وَيَقْرَأُ فِي الْعِشَاءِ بِوَسَطِ الْـمُفَصَّلِ ، وَيَقْرَأُ فِي الصُّبْحِ بِطُوَلِ الْـمُفَصَّلِ) رواه النسائي (972) ، وصححه الألباني في “صحيح سنن النسائي” . މާނައީ: “އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ސުލައިމާން ބިން ޔަސާރު ރިވާކުރެއްވިއެވެ. “އެވެނި މީހަކަށްވުރެ، ރަސޫލާ ނަމާދުކުރެއްވި ގޮތާ އެއްގޮތަށް ނަމާދުކުރާ މީހެއްގެ ފަހަތުގައި އަހުރެން ދުވަހަކުވެސް ނަމާދެއް ނުކުރަމެވެ. ސުލައިމާނު ވިދާޅުވިއެވެ. “އޭނާ މެންދުރު ނަމާދުގެ ފުރަތަމަ ދެ ރަކްޢަތް ދިގުކުރައްވައެވެ. އަދި މެންދުރު ނަމާދުގެ ފަހު ދެ ރަކްޢަތް ލުއިކުރައްވައެވެ. އަދި ޢަޞްރު ނަމާދު ލުއިކުރައްވައެވެ. އަދި މަޣްރިބު ނަމާދުގައި މުފައްޞަލު ސޫރަތްތަކުގެ ކުރު ސޫރަތްތައް ކިޔަވައެވެ. އަދި ޢިޝާ ނަމާދުގައި މުފައްޞަލު ސޫރަތްތަކުގެ މެދުމިންވަރުގެ ސޫރަތްތައް ކިޔަވައެވެ. އަދި ފަތިސްނަމާދުގައި މުފައްޞަލު ސޫރަތްތަކުގެ ދިގު ސޫރަތްތައް ކިޔަވައެވެ.”
އެންމެ ޞައްޙަ ޤައުލުގައި މުފައްޞަލަކީ ޤާފު ސޫރަތުން ފެށިގެން ނާސި ސޫރަތާ ދެމެދުގެ ސޫރަތް ތަކެވެ.
ޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “މުފައްޞަލުގެ ދިގު ސޫރަތްތަކަކީ ޤާފު ސޫރަތުން ފެށިގެން ޢައްމަ ޔަތަސާއަލޫން ސޫރަތާ ހަމައަށެވެ. މުފައްޞަލުގެ މެދުމިންވަރުގެ ސޫރަތްތަކަކީ ޢައްމަ ޔަތަސާއަލޫން ސޫރަތުން ފެށިގެން ވައްޟުޙާ ސޫރަތާ ހަމައަށެވެ. އަދި މުފައްޞަލުގެ ކުރު ސޫރަތްތަކަކީ ވައްޟުޙާ ސޫރަތުން ފެށިގެން ކުރު ސޫރަތްތައް ނިމެންދެނެވެ. (ނާސި ސޫރަތުގެ ނިޔަލަށެވެ) “الشرح الممتع” (3/75)
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ދިގުކޮށް ކިޔަވާ ވިދާޅުވީ ފަރުޟު ނަމާދުތަކުގެ ތެރެއިން ފަތިސްނަމާދުގައި ކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެއެވެ.
އިމާމާ ޖަމާޢަތުގައި ނަމާދުކުރާ މީހުންނަށް ރިޢާޔަތްކުރަން ޖެހޭނެއެވެ. ނަމާދުކުރާ މީހުންގެ ތެރޭގައި ޢުޛުރުވެރިން، ބަލިމީހުން، މުސްކުޅީން، ކުޑަކުދިން، ގަޑިއަށް ތަންތަނަށް ދާންޖެހޭ މީހުން ތިބޭނެއެވެ. މާ ދިގުކޮށް ކިޔެވުމުގެ ސަބަބުން މިފަދަ ޢުޛުރުވެރިންނަށް ބުރަކަމަށް ވާނެތީ، ނަމާދުގައި މާ ދިގުނުކޮށް ކިޔެވުމަކީ އިމާމު މީހާގެ ފިޤްހުވެރިކަމުގެ ތެރެއިން ވާ ކަމެކެވެ.
عَنْ أَبِي مَسْعُودٍ رضي الله عنه قَالَ : قَالَ رَجُلٌ : يَا رَسُولَ اللهِ، إِنِّي لَأَتَأَخَّرُ عَنْ الصَّلَاةِ فِي الْفَجْرِ مِمَّا يُطِيلُ بِنَا فُلَانٌ فِيهَا . فَغَضِبَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ، مَا رَأَيْتُهُ غَضِبَ فِي مَوْضِعٍ كَانَ أَشَدَّ غَضَبًا مِنْهُ يَوْمَئِذٍ ثُمَّ قَالَ : (يَا أَيُّهَا النَّاسُ ، إِنَّ مِنْكُمْ مُنَفِّرِينَ فَمَنْ أَمَّ النَّاسَ فَلْيَتَجَوَّزْ ؛ فَإِنَّ خَلْفَهُ الضَّعِيفَ وَالْكَبِيرَ وَذَا الْحَاجَةِ ) متفق عليه.
އަބޫ މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. މީހަކު ބުންޏެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ފަތިސްނަމާދުގައި މިވެނި މީހަކު ކިޔަވާލެއް ދިގުކަމުން އަހަރެން ފަތިސްނަމާދަށް ދަނީ ލަހުންނެވެ.” އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޯފާވިއެވެ. އެދުވަހު އޭނާ ކޯފާވި ވަރަށްވުރެ ބޮޑަށް ކަމަކާހެދި ކޯފާވެފައިހުއްޓާ ދުވަހަކުވެސް އަހަރެން ނުދެކެމެވެ. އޭގެ ފަހުގައި ޙަދީޘްކުރެއްވިއެވެ. “އޭ އެންމެހާ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން މީސްތަކުން ނަފުރަތްތެރިކުރުވާ މީހުން ވެއެވެ. މީސްތަކުންނައިގެން އިމާމުވާ މީހާ ފަހެ އޭނާ ލުއިކުރާހުށިކަމެވެ. ހަމަކަށަވަރުން އޭނާގެ ފަހަތުގައި ބަލިކަށިމީހުންނާއި މުސްކުޅީންނާއި އެކި އެކި ޙާޖަތްތަކަށް ޖެހިފައިވާ(ތަންތަނަށް ދާން ބޭނުންވެފައިވާ) މީހުން ތިބޭނެއެވެ.”

Advertisement
Etukuri Inside ad 300x300 Desktop

މަރްޖިޢު:
https://islamqa.info/ar/138870
https://islamqa.info/ar/162900

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add