އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މޯލްޑިވިއަންގެ ކެބިން ކުރޫ ޓްރެއިނީސްއަށާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
ނޮވެންބަރު 7ވަނަ ދުވަހު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ކުރިއަށްގެންދިޔަ މި ސެޝަނުގައި މޯލްޑިވިއަންގެ 18 މުވައްޒަފުން ބައިވެރިވިއެވެ. މި ސެޝަން، ފްލައިޓް ފަޔަރ ސޭފްޓީއަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ އިރު، އޭގެތެރޭގައި ތިއަރީ ބައިތަކާއި ޕްރެކްޓިކަލް ބައިތައް ވެސް ހިމެނެއެވެ.
މި ސެޝަން ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.




