ވޭތުވެދިޔަ ހަފްތާގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފް ކޯސްޓްގާޑުން، ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 88 މެޑިކަލް އިވެކުއޭޝަން ވަނީ ހަދައިދީފަ.
އެމްއެންޑީއެފް އިން ބުނީ ސިއްހީ ކުއްލިފަރުވާއަށް ބޭނުންވާ މީހުން މަލެއަށާއި ސިއްހީ ފަރުވާ ލިބޭ ތަންތަނަށް މީހުން ގެންދިއުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިދިޔަ ހަފްތާގައި 88 މީހުން އުފުލާފައިވާ ކަމަށެވެ.




