Advertisement
BML Home 2nd Ad

ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތައް ފޯނުން މީސްތަކުންނަށް ފޮނުވާ މީހާއެކުރަނީ ކިހާވަރެއްގެ ފާފައެއް؟

ސުވާލު: ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތައް ފޯނުން މީސްތަކުންނަށް ފޮނުވާ މީހާއެކުރަނީ ކިހާވަރެއްގެ ފާފައެއްތޯއެވެ؟

Advertisement
Etukuri Inside ad 300x300 Desktop

ޖަވާބު: الحمد لله والصّلاة والسّلام على رسول الله.

ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތައް ބެލުމާއި އެފަދަ ތަކެތި މީހުންނަށް ފޯރުކޮށްދީ ހެދުމަކީ ބޮޑުފާފައެކެވެ. އަދި އެއީ މުއުމިނުންގެ ތެރޭގައި ފާޙިޝްކަންކަން ފެތުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެފަދަ މީހުންނަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ވޭންދެނެވި ޢަޛާބު ހުއްޓެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

( إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ ) النور/19 .

ހަމަކަށަވަރުން، އީމާންވީ މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.

عَنْ ابْنِ عُمَرَ رضي الله عنهما قَالَ : صَعِدَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمِنْبَرَ فَنَادَى بِصَوْتٍ رَفِيعٍ ، فَقَالَ : (يَا مَعْشَرَ مَنْ أَسْلَمَ بِلِسَانِهِ وَلَمْ يُفْضِ الْإِيمَانُ إِلَى قَلْبِهِ ، لَا تُؤْذُوا الْمُسْلِمِينَ ، وَلَا تُعَيِّرُوهُمْ ، وَلَا تَتَّبِعُوا عَوْرَاتِهِمْ ، فَإِنَّهُ مَنْ تَتَبَّعَ عَوْرَةَ أَخِيهِ الْمُسْلِمِ تَتَبَّعَ اللَّهُ عَوْرَتَهُ ، وَمَنْ تَتَبَّعَ اللَّهُ عَوْرَتَهُ يَفْضَحْهُ وَلَوْ فِي جَوْفِ رَحْلِهِ) وَنَظَرَ ابْنُ عُمَرَ يَوْمًا إِلَى الْكَعْبَةِ فَقَالَ : مَا أَعْظَمَكِ وَأَعْظَمَ حُرْمَتَكِ ، وَالْمُؤْمِنُ أَعْظَمُ حُرْمَةً عِنْدَ اللَّهِ مِنْكِ . رواه الترمذي (2032) وصححه الألباني في صحيح الترمذي .

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިންބަރަށް އަރައިވަޑައިގެން ބާރުއަޑުފުޅަކުން ގޮވާލައްވައި ޙަދީޘްކުރެއްވިއެވެ. “ދުލުން އިސްލާމްދީނުގެ ކަލިމަ ކިޔައި ހިތަށް އީމާންކަން އަދި ނުފޯރާ މީހުންނޭވެ! ތިޔަބައިމީހުން މުސްލިމުންނަށް އުނދަގޫނުކުރާށެވެ. އަދި އެބައިމީހުންނަށް އާޑަނުކިޔާށެވެ. އަދި އެބައިމީހުން ފަޟީޙަތްކުރުމަށްޓަކައި އެބައިމީހުންނަށް ޖާސޫސްނުކުރާށެވެ. ފަހެ އެމީހެއްގެ މުސްލިމު އަޚާގެ ސިއްރުތައް ފަޟީޙަތްކުރާމީހާ، ފަހެ ﷲ ތަޢާލާ އޭނާގެ ސިއްރުތައް ފަޟީޙަތްކުރައްވާނެތެވެ. އަދި ﷲ ތަޢާލާ އެމީހެއްގެ ސިއްރުތައް ފަޟީޙަތްކުރައްވާމީހާ، އޭނާގެ ގޭގެ އެންމެ އެތެރޭގައި އޮތްކަމުގައިވިޔަސް އޭނާގެ ސިއްރުތައް ފަޟީޙަތްކުރައްވާނެތެވެ.”

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ އެއްދުވަހަކު ކަޢުބާއަށް ބަލަހައްޓަވައިގެން ހުންނަވާ ވިދާޅުވިއެވެ. “ތިބާގެ މަތިވެރިކަމާއެވެ. އަދި ތިބާގެ ޙުރުމަތްތެރިކަމުގެ ބޮޑުކަމާއެވެ. އެކަމަކު މުއުމިނުއަޅާގެ ޙުރުމަތް މާތް ﷲ ގެ ޙަޟްރަތުގައި ތިބާގެ ޙުރުމަތަށްވުރެ ބޮޑުވެގެންވެއެވެ.”

ޢިލްމުވެރިން ވިދާޅުވާގޮތުން، މުސްލިމެއްގެ އަބުރަށް އަރައިގަތުމަކީ ކަޢުބަތުﷲ ގެފުޅު ތަޅައި ސުންނާފަތިކުރުމަށްވުރެ ޙަރާމްކަންބޮޑުކަމެކެވެ.

އައްޝައިޚް ޢަބްދުލްޢަޒީޒު އައްޠުރައިފީ ވިދާޅުވިއެވެ.

“ފާޙިޝްކަންތައް ފަތުރާމީހާ، ޚުދު އޭނާ އެޢަމަލު ނުކުރިކަމުގައިވިޔަސް، ފާޙިޝް ޢަމަލަކަށް އަރަގަނެ، އެކަންތައް ނުފަތުރާ މީހާއަށްވުރެ، ﷲ ގެ ޙަޟްރަތުގައި ނުބައިކަންބޮޑުވެގެންވެއެވެ. އެހެނީ ފާޙިޝްކަންތައް ފަތުރާމީހާ އެ އުފުލަނީ އުންމަތެއްގެ ފާފައެވެ. ފާޙިޝްކަންތައް ނުފަތުރާމީހާ އެ އުފުލަނީ އޭނާގެ އަމިއްލަފާފަ އެކަންޏެވެ.”

މީގެ ތެރޭގައި ހިމެނެނީ ހަމައެކަނި ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތަކެއް ނޫނެވެ. މިއުޒިކާއި ލަވައާއި ނަށާ ވީޑިޔޯތަކާއި އަވަގުރާނަ ގޮވާފައި ހުންނަ ތަކެތި ވެސް މި ޙަރާމް ތަކެތީގެ ތެރެއަށް ވަދެގެންދެއެވެ.

ވަﷲ އަޢުލަމު

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add