ނައިފަރުގަ ހިންގި ވާޓިކަލް ފާމިން އަދި ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.
ޅ. ނައިފަރު ކައުންސިލާއި އެގްރިކަލްޗަރ މިނިސްޓްރީ ގުޅިގެން ހިންގި ވާޓިކަލް ފާމިން އަދި ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 36 ބައިވެރިން ބައިވެރިވެފައި ވެއެވެ.
މިތަމްރީން ޕްރޮގްރާމަކީ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަރޓިކަލް ފާމިން އަދި ހައިޑްރޮޕޮނިކްސް ދަނޑުވެރިކަމުގެ އަމަލީ މައުލޫމާތާއި ހުނަރު އުނގަންނައިދިނުމުގެ މަގްސަދުގައި ކުރިޔަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެއްކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެ އެވެ.
ނައިފަރުގައި ހިންގުނު މި ޕްރޮގަރާމަކީ ޖަޕާން ސަރުކާރުގެ ހެހީއާއި ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު ހިންގާ 'ޕްރޮޖެކްޓް ފޮރ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ' ގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.




