އަންނަ އާދީއްތަ ދުވަހު ސްކޫލުތައް ހުޅުވަނީ!

އެ ދުވަހުން ކިޔެވުން ފެށޭނީ އެލްކޭޖީން ފެށިގެން ގްރޭޑް 12 އާ ދެމެދުގެ ގްރޭޑްތަކަށް

މިމަހުގެ ދިހައެއްވާ އާދިއްތަ ދުވަހު މާލެއާއި ރާއްޖޭގެ ހުރިހާ ސްކޫލްތައް ހުޅުވާނެކަމަސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ ދުވަހުން ކިޔެވުން ފެށޭނީ އެލްކޭޖީން ފެށިގެން ގްރޭޑް 12 އާ ދެމެދުގެ ގްރޭޑްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެކަޑަމިކް ކަލަންޑަރުގައިވާ ގޮތަށް މި މަހުގެ 10 ވަނަ ދުވަހު 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކިޔެވުން ފެށޭނި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާ ދެމެދުގެ ދަރިވަރުންނަށް ކަމަށް އެ އެޑިއުކޭޝަނުން ބުނެއެވެ.

މިދިޔަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމް މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ ޓާރމް ނިމޭނީ އަންނަ ޖޫން މަހުގެ 24 ވަނަ ދުވަހު ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

2020 ވަނަ އަހަރުގެ ދިރާސީ އަހަރުގައި ކިޔަވައި ދިނުން ދިގު ދެމިގެން ގޮސްފައިވަނީ ރާއްޖޭގައި ކޮވިޑް ބަލިމަޑުކަން ފެތުރި ސްކޫލްތަކުގައި ކިޔަވައިދިނުން ހުއްޓާލުމާ ގުޅިގެންނެވެ. ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު ވަނީ އޮންލައިން ކްލާސްތައް ހިންގާފައެވެ. އަދި މިދިޔަ އަހަރު ފަހު ކޮޅުގައި ވަނީ ސްކޫލްތަކުގައި ގްރޭޑް 7 އިން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުން ވަނީ ކޮންމެ ހަފްތާއަކު ދެ ދުވަހު ސްކޫލަށް ހާޒިރުކޮސް ކިޔަވައިދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *