މަޝްހޫރު ހަބޭސް ބޮޑުބެރު ގްރޫޕްގެ ސްޑޫޑިއޯ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އަޕްގްރޭޑް ކޮށްފިއެވެ.
ޒަމާނީ އާލަތްތަކާއެކު ހަބޭސް ސްޓޫޑިއޯގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު އެންމެ ފާހަގަކޮށްލެވެނީ ސްޓޫޑިއޯގައި ހުރި ފެންވަރު ރަނގަޅު ވޯލަކް ބޫތެވެ. ހަބޭސްގެ ސައުންޑް އިންޖިނިއަރު މުޙައްމަދު މޫސާ ފިކުރީ ބުނީ، އެންމެ ބޮޑު ހިތްހަމަޖެހުމަކީ ތަނުގެ ޖާގައިގެ ތަނަވަސްކަން ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު މަސައްކަތް ކުރަމުންދާނީ މަސައްކަތް ހަލުވިވެ މަސައްކަތުގެ ކޮލިޓީ ރަނގަޅުވާނެކަމަށް ފިކުރީ ބުންޏެވެ.

"ސައުންޑް ކާޑާއި ޒަމާނީ ކީބޯޑު ފަދަ އެންމެ ޒަމާނީ އާލަތްތައް ސްޓޫޑިއޯގައި ބޭނުން ކުރަން. ސްޓޫޑިއޯގެ ބޫތު ތެރޭގައި ހުންނާނެ ސްކްރީނެއްވެސް. ސަޤާފީ، ޒަމާނީ ލަވައާއި މަދަހައާއި ދެން ކުރުކޮށް ބުނާނަމަ ހުރިހާ ބާވަތެއްގެ ލަވައެއްގެ ރިކޯޑިންގ އާއި އެޑިޓިންގއާއި މިކްސިންގއާއި މާސްޓާކޮށް މިހުރިހާ ކަމެއް ރަނގަޅު ފެންވަރެއްގައި މިހާރު މި ސްޓޫޑިއޯއިން ކުރެވޭނެ. ރިކޯޑިން ހިނގަމުންދާއިރު ގިނަބަޔަކަށް ސްޓޫޑިއޯ ތެރޭގައި އެމަންޒަރު ބަލާލަން ހަމަޖެހިގެން ތިބެވޭނެ ޖާގައޮތް ސްޓޫޑިއޯއެއް މިއީ." ފިކުރީ ބުންޏެވެ.

ހަބޭސްގެ ވެރިޔާ އަލީ ޝިފާޢު ބުނީ ހަބޭސް ސްޓޫޑިއޯއިން ލަވައިގެ ހުރިހާ މަސައްކަތްތަކެއް މިހާރު ކުރަމުންދާކަމަށެވެ. މިހާރުވެސް ބޮޑެތި ޕްރޮޖެކްޓްތަކެއް ކުރިއަށްދާކަމަށް އަލީ ބުންޏެވެ.
"ހަބޭސް ސްޓޫޑިއޯއިން ލަވައެއް ހަދަން ބޭނުން ނަމަ ކޮންމެ ބޭފުޅަކަށްވެސް އެފުރުޞަތު އޮންނާނެ. ޅެމާއި، މިއުޒިކާއި، ރިކޯޑިންނއާއި ހުރިހާ ކަމެއް މިތަނުން ކޮށްދޭނަން. ލަވަ ކިޔަން ރަނގަޅު ފެންވަރުގެ ލަވަކިޔުންތެރިންވެސް އަޅުގަނޑުމެންގެ އެބަތިބި. ހަބޭސް ބޮޑުބެރު ގްރޫޕްގެ ފޭސްބުކް ޕޭޖަށް މެސެޖެއް ކޮއްލައިގެން ނޫނީ ހަބޭސްގެ ހޮޓްލައިން (7900008) އިންވެސް އަޅުގަނޑުމެންނާ ގުޅޭނ." އަލީ ބުންޏެވެ.

ހަބޭސް ސްޓޫޑިއޯއަކީ މާލޭގައި ހުރި ސްޓޫޑިއޯތަކުގެ ތެރެއިން އެންމެ ފުރިހަމަ ސްޓޫޑިއޯއެވެ. ޖާގައާއި ވަސީލަތްތަކަށް ބެލި ނަމަވެސް އެންމެ ފެންވަރު ރަނގަޅު ސްޓޫޑިއޯ އަކީ ހަބޭސް ސްޓޫޑިއޯއެވެ.
ހަބޭސްއަކީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ބޮޑުބެރު ގްރޫޕެވެ.
One Response
މޮޅު ސާމާނަކުން ވާނެ ކަމެއް ނޯއްނާނެ. އަޕްގުރޭޑް ކުރަންވީ ފިކުރީ. އޭރައް ތި ބޭނުންވާ ތަފާތު ފެންނާނެ..