Advertisement
BML Home 2nd Ad

ނިޝާ: އިތުބާރު ކުރެވޭ ނަމެއް

ނިޝާއަކީ އެންމެންނާ ގުޅޭ އެންމެންގެ އެކުވެރިއެއް

އުމުރުން އެންމެ 24 އަހަރެވެ. އުފަން ރަށަކީ މ. މުލީއެވެ. ނަމަކީ ނިޝާ އަހުމަދު އެވެ. މިއީ އިޖުތިމާޢީ ޒުވާނެކެވެ. ފަރުދުންނާ ބަދަހި ގުޅުމެއް ބޭއްވުމަށް އަބަދުވެސް މަސައްކަތްކުރެއެވެ. ރަށުގައި ހިންގާ ތަފާތު ހަރަކާތްތަކުގައި ހިލޭ ސާބަހަކަށް ބައިވެރިވެ، ހިތުން ރުހުމުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ސްކޫލު ދައުރަށް ނަޒަރު ހިންގާލާއިރުވެސް، ނިޝާގެ ވިދުން ގަދައެވެ. ހައުސް ކެޕްޓަންކަމާއި އަދަބީ ކޮށާރުގެ ރައީސާކަން ވެސް ކޮށްފައިވެއެވެ. ތަފާތު މުބާރާތްތަކުގައި ބައިވެ، ފާހަގަކޮށްލެވޭ ވަނަތައް ހޯދާފައިވެއެވެ. ރަށުގެ އިޖުތިމާޢީ ޚިދުމަތްތަކުގައި ފަރުދީ ގޮތުން، ބައިވެރިވެ، ސާބިތުކަމާއެކު ހަރަކާތްތެރިވެވެނީ ސުކޫލު ދައުރުގައި އޭނާ އިސްނަގައިގެން ކުރި ކަންތައްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނިޝާގެ ޚިދުމަތުގެ ލިސްޓް ވަރަށް ދިގެވެ.

Advertisement
Etukuri Inside ad 300x300 Desktop

"މިހާރުވެސް ރަށުގެ އަންހެނުން ކުރިއަރުވާ ކޮމިޓީއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގާފައިވާނެ. ކޮވިޑް ޓާސްކް ފޯހުގައި ހުރި ހަމައެކަނި އަންހެން ވޮލަންޓިއަރަކީ އަޅުގަނޑު" ފާހަގަކޮށްލެވޭ ބައެއް ކަންކަން ނިޝާ ކިޔައިދިނެވެ.

ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިން މުހިއްމު މެސެޖުތައް ރެކޯޑުކޮށްފައިވަނީ ވެސް އޭނާގެ އަޑުންނެވެ. އެހެންކަމުން މުލީ ރައްޔިތުންނަށް އެއީ ފަރިތަ އަޑެކެވެ.

"މިހާރުވެސް ގޮވާލާ ކޮންމެ ކަމެއްގަ ނިޝާ ހުންނާނެ އެންމެ ފުރަތަމައަށް ނުކުމެ،" ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ޝައުގުވެރިކަން އޮތް މިންވަރު ހާމަކޮށްދިނުމުގެ ގޮތުން އޭނާ ބުންޏެވެ.

އޭނާ މިހާރު ބޭނުންވަނީ ޒުވާން އުމުރުގައި ރަށުގެ ތަރައްގީއަށް، ޚާއްސަކޮށް އަންހެނުންގެ ކުރިއެރުމަށް ސީރިއަސް މަސައްކަތްތަކެއްކުރާށެވެ. އެކަމަށްޓަކައި އޭނާ އަޅާ އެންމެ މުހިއްމު ފިޔަވަޅަކީ ކުރިމަތިވަމުން އަންނަ ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކޮށް، ކައުންސިލަރަކަށް ވުމެވެ.

"މިއީ މަގޭ ރާއްޖެ" ސްލޯގަންގެ ދަށުން މ. މުލީ ކައުންސިލުގެ މެންބަރު ކަމަށް ނިޝާ ގެންދަނީ ކެމްޕޭން ކުރަމުންނެވެ.

"ނިޝާ އަކީ މިރަށުގައި އަރަމުން އަންނަ ކުދިންގެ ތެރެއިން އެންމެ ނަގާކިޔާ ކުއްޖާ. އޭނާ އަކީ މިހާރުވެސް ރަށުގެ އިޖުތިމާޢީ ކަންކަމުގައި އެންމެ ކުރީ ސަފުގައި ހުންނަ ކުއްޖެއް. ރަށުގަ ކޮންމެ ކަމެއް ކުރިޔަސް ނިޝާ ހުންނާނެ. އޭނާ ކައުންސިލަށް ކުރިމަތިލީތީވެސް ޝުކުރު އަދާކުރަން. އެކަހަލަ ކުދިންނަށް ކުރިއަށްދާން ފުރުޞަތު ދޭންވާނެ. އަހަރެންނަކީ ސަރުކާރަށް ތާޢީދު ކުރާ މީހެއް. އެކަމަކު ނިޝާއަށް ވޯޓު ނުދީ އެހެން މީހަކަށް ވޯޓެއް ނުދޭނަން." މުލީ މެދުއުމުރުގެ މީހަކު ބުންޏެވެ.

ނިޝާގެ ކެމްޕޭނުގައި އޭނާ ބުނެދެނީ އެއީ އިތުބާރު ކުރެވޭނެ ނަމެއް ކަމެވެ. އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައި ހުންނަ އިސްނެގުންތެރިއެއް ކަމެވެ. ތަޢުލީމީ ކެރޭ ޒުވާނެއް ކަމެވެ. ފަސްޖެހުމެއް، ލަސްކުރުމެއް، އިސްތިސްނާ ކުރުމެއް ނެތް ސާފު ސަހުސިއްޔަތެއް ކަމެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. Ragalhu aneh hen. Thiya manje nooniya nei a hen membarakah hovan ragalhu meehe. Dhen ppm laafa in meehakee addu meeheh. Mdp in laafa in kuhjaa akah laamarukazee usool ga kan higaa goi nuves ingeyne

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add