Advertisement
BML Home 2nd Ad

ރައީސް ޔާމީން "އިންޑިއާ އައުޓް" ކެމްޕޭން ހިންގަވަނީ ބޭރު ގައުމުތަކުން ބޮޑެތި އަދަދުތަކުން ފައިސާ ނަންގަވައިގެން!

އިރުވަރަށް ކަށަވަރު ވެފައިވާ ގޮތުގައި "އިންޑިއާ އައުޓް" ކެމްޕޭން ހިންގަން ރައީސް ޔާމީން މިފަހުން ވަނީ ބޮޑެތި އަދަދުތަކުން ބޭރު ދެގައުމަކުން ފައިސާ ނަގައިފައެވެ. މިއީ އިންޑިއާ އާއި ވާދަވެރި ދެގައުމެވެ. ޕީޕީއެމްގެ އިސް ފަރާތަކުން ވިދާޅުވީ މިފައިސާ ދިނުމުގައި މިހާރު ޝަރުތުކޮށްފައިވަނީ ސީދާ ރައީސް ޔާމީން މޭފުޅު މަތީ "އިންޑިއާ އައުޓް" ޖަހައިގެން ރާއްޖޭގެއެތައް މިތަނަށް ދަތުރުކުރުމާ އިންޑިއާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށެވެ. މިފައިސާ ދޭ ގައުމުތަކުގެ ކުލަތަކުން މުޅި ކެމްޕޭންގައި ރަތާ ފެހިން ވަނީ ފަވާލެވިފައެވެ.

Advertisement
Etukuri Inside ad 300x300 Desktop

މިވަގުތު އިދިކޮޅު އެންމެ ބޮޑު ޕާޓީއަކަށް ޕީޕީއެމް އޮތް އިރު ރައީސް ޔާމީނަށް ރައްޔިތުންނަށް ޖެހިފައިވާ ކަންތައްތަކުގެ ވާހަކަ ދައްކާލަން އެއްވެސްވަރަކަށް މުހިއްމެއް ނުވިއެވެ. އިއްޔެވެސް އަރަބިއްޔާގެ ބެލެނިވެރިން ޖެހުނީ އަމިއްލަޔަށް މުޒާހަރާ ކުރާށެވެ. ފްރަންޓްލައިން މުވައްޒަފުންވެސް އެލަވަންސް ކަންތަކުގައި ޖެހުނީ އަމިއްލަޔަށް އިހުތިޖާޖު ކުރާށެވެ. އެހެނީ އެރައްޔިތުންގެ އަޑުއުފުލާދޭނެ އިދިކޮޅު ޕާޓީއެއް ނެތެވެ. އަދި އެރައްޔިތުންނަށް ޕީޕީއެމް އަދި ރައީސް ޔާމީނަށް މިލިއަން ޑޮލަރެއް ނުދެވޭނެއެވެ. އެހެންވެ ރައީސް ޔާމީން އަޑުއުފުލަނީ ފައިސާދޭ ފަރާތްތަކުން ވިދާޅުވާ ކަންތައްތަކަށެވެ. ރައީސް ޔާމީނު ވިދާޅުވާގޮތަށް ހަކުރު ދެންޔާ ކޮންމެ މީހެއްވެސް ވާނީ ބޮޑުބޭބެޔަށެވެ. އަދި ހަދާނީ ބޮޑުބޭބެ ބުނާގޮތެކެވެ.

ޕީޕީއެމްގެ އިސްފަރާތަކުން އިރުވަރަށް ކިޔައިދިންގޮތުގައި ރައީސް ޔާމީން "އިންޑިއާ އައުޓް" ކެމްޕޭން ޖައްސަން ހުށަހެޅީ އެކި އަގުތަކެކެވެ. އެއީ އެކި ފޭސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެކްޓިވިސްޓުންނާއި ނޫސްވެރިން ލައްވާ ކެމްޕޭން ޖެއްސުމަށް 5 ލައްކަ ޑޮލަރުން ތިރި، އަދި އެޕޭމަންޓު ހެދުމުން ފުރަތަމަ ގެންދިޔައީ އެގޮތަށެވެ. ދެން 1 މިލިއަން ޑޮލަރު ހުށަހެޅީ ޕީޕީއެމް އަދި ޕީއެންސީ "އިން "އިންޑިއާ އައުޓް" ކެމްޕޭންގައި ބައިވެރިވާގޮތަށެވެ. އެޕޭމަންޓް ހެދުމުން ދެޕާޓީން ފާޅުގައި "އިންޑިއާ އައުޓް" ގޮވާލިއެވެ. ދެން މިފަހުން ރައީސް ޔާމީން މިނިވަންވީ ދުވަހު ހުށަހެޅީ 2 މިލިއަން ޑޮލަރު ދީފިއްޔާ ސީދާ ރައީސް ޔާމީން ފާޅުގައި "އިންޑިއާ އައުޓް" ގޮވާލާނެ ކަމަށާއި އަދި ކޮންމެ ޖަލްސާއެއްގައި ސްޕީޗްގެ ދެބައިކުޅަ އެއްބައި ހޭދަކުރާނީ އިންޑިއާ އާއި މެދު ނަފުރަތު އުފެއްދުމަށް ކަމަށާއި އަދި ޕީޕީއެމްގެ ޖަލްސާ ތަކާއި ދަތުރުތައް "އިންޑިއާ އައުޓް' ގެ ނަމުގައި ބާއްވާނެކަމަށް ހުށަހެޅިއެވެ. ސްޕޮންސަރުން އެޝަރުތުތައް ގަބޫލުކޮށް އެދުނީ ސީދާ ރައީސް ޔާމީން "އިންޑިއާ އައުޓް" ޓީޝާޓްލައިގެން ރައްރަށަށް ޒިޔާރަތްކޮށް ކެމްޕޭން ކޮށް އެކްޓިވިސްޓެއްހެން އުޅެންޔާ އިތުރު 5 ލައްކަ ޑޮލަރު ބޯނަސްގެ ގޮތުގައި ދޭނެކަމަށެވެ. ވަގުތުން ރައީސް ޔާމީނު އެކަމަށް ފެހި ސިގްނަލްދެއްވާ ފައިސާ މިވަނީ ނަގުދު ކޭޝް އިން ނަންގަވާފައެވެ.

އެހެންވެ މިއަދު ރައީސް ޔާމީން އެނެންގެވި ފައިސާ އާއި އެއްވަރައް އެގެންދަވަނީ މަސައްކަތްކުރަމުންނެވެ. މިއީ އެމަނިކުފާނަށް އާކަމެއްނޫނެވެ. އެމަނިކުފާނަކީ ފައިސާ ދީފިއްޔާ ގައުމަށް ކޮންމެ ގެއްލުމެއް ލިބުނަސް އެކަމެއް ކުރާނެކަން މީގެކުރިންވެސް ވަނީ ސާބިތުކޮށްދީފައެވެ. ދިވެހި ގައުމުގެ ބިންވިއްކަން 2015 ގައި ގާނޫނު އަސާސީ ބަދަލު ކުރީ ސީދާ ނަގުދު ކޭޝް ޑޮލަރު ނަގައިގެންން ކަމަށް ވަނީ އަޑުފެތުރިފައެވެ. ގަތަރާއި އަދި އީރާނާ ކުއްލިޔަކަށް ގުޅުން ކަނޑާލީވެސް ސީދާ ފައިސާ ނަގުދު ކޭޝް ނަންގައިވައިގެން ކަމަށް ތުހުމަތު ކުރެވުނެވެ. އެހެންވެ ފައިސާ އައްޓަކައި އެމަނިކުފާނު ނުކުރައްވާނޭ ކަމެއްނޯންނާނެ ކަމަށް އެމަނިކުފާނުގެ ގާތް މީހުން ބުނެއެވެ.

އެހެންވެ ގައުމޭ ވަތެނޭ މިނިވަންކަމޭ ކިޔާފަ ވާހަކަދައްކަވާއިރު އަމިއްލަފުޅަށް މިހާރު ހުންނެވީ މިނިވަންކަން ނަގައިލައިގެން ބޭރު ގައުމުތަކެއްގެ ދަށުވެފައި ކަމަށް މިކަމުގެ ހަޤީޤަތް އެނގޭ މީހުން ކިޔައިދިނެވެ. އެހެނީ ރައްޔިތުންނަށް ކިތަންމެ ދަތި ކަމެއް ދިމާވިޔަސް މިޔަދު ރައީސް ޔާމީން އަދި ޕީޕީއެމް އަށް އެރައްޔިތުންގެ އަޑުއުފުލާނޭ ވަގުތެއް ނުވާނެއެވެ. އެހެނީ "އިންޑިއާ އައުޓް" ނޫން ކެމްޕޭނެއް މިވަގުތު ހިންގުން ބޭރު ގައުމުތަކުން މަނާކޮށްފައެވެ. ރައީސް ޔާމީނު އަބަދު ދައްކަވަން ޖެހޭނީ އެވާހަކައެވެ. އެގޮތުން "ކޮތަރު ކޮށި" ނަމުގައި ބޭއްވި ޖަލްސާގައި ރައިީސް ޔާމީނަކަށް ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެއްވެސްދަތިތަކެއްގެ ވާހަކައެއް ނުދެއްކުނެވެ. މުޅީންވެސް ދެއްކީ "އިންޑިއާ އައުޓް" ގެ ވާހަކައެވެ. ސްޕޮންސަރުން ހުރީ ދައްކަވަންވީ ވާހަކައިގެ ނޯޓްވެސް ލިޔެފަ ފޮނުވާފައެވެ. ދޭތެރެއިން އެނޯޓް ކޮޅުތައް ބައްލަވާލައިފައި ސްޕޮންސަރުން އުފާވާގޮތައް ވާހަކަފުޅު ދެއްކެވިއެވެ.

މިހުރިހާކަމެއްގެ އެންމެ ބޮޑު ގެއްލުމެއް ލިބެނީ ރައްޔިތުންނަށެވެ. އެހެނީ ގިނަ ކަންތަކަށް ރާއްޖެ ބަރޯސާވެފައިވާ އިރު އަދި މިއޮއްބޮޑު ކޮވިޑްގައިވެސް އެންމެ ބޮޑު އެހީތެރިކަމެއް ރާއްޖެއަށް ވެދީ އަދި ތަރައްގީގެ އެންމެ ބޮޑު ބައިވެރިޔަކީވެސް މިއަދު އިންޑިއާއެވެ. މިހުރިހާކަމަކުން ދިވެހިން މަހްރޫމް ކުރާށާއި އަދި ދުނިޔޭގެ އެއްވެސް ކުރީގެ ރައީސަކު ނުކުރާ ވަރުގެ ހައްދުފަހަނަ އެޅި ކެމްޕޭންއެއް އެކުރައްވަނީ ފައިސާ ނަންގަވައިގެންނެވެ. އެމްއެމްޕީއާރުސީ ފައިސާވެސް އަދި "އިންޑިއާ އައުޓް" ފައިސާވެސް ރައީސް ޔާމީނަށް ލިބވަޑައިގެން މިއަދު ބޮޑު މަހުޖަނަކަށް ރައީސް ޔާމީން ވެއްޖެެވެ. ނަމަވެސް ޕީޕީއެމްގެ އެކްޓިވިސްޓުންނާ ކައުންސިލް މެމްބަރުން އުޅެނީ ވަރަށް ހާލުގައެވެ. އެހެނީ އެއްވެސް ވަރެއްގެ އެހީއެއް މިފައިސާތައް ލިބޭއިރުވެސް، ރައީސް ޔާމީނު އެކުދިންނަކަށް ނުދެއެވެ. ޕާޓީގެ އިސް ފަރާތްތައް ކަމަށްވާ މުއިއްޒުމެންފަދަ ބޭފުޅުންވެސް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ބާކީ ކޮށްލާފައެވެ. ނަމަވެސް ކުރިއަށް އޮތްތާންގަވެސް "އިންޑިއާ އައުޓް" ވަރަށް ގަދަޔަށް ރައީސް ޔާމީނު ކުރިއަށް ގެންދަވާނެއެވެ. އެހެނީ ފައިސާދޭ ފަރާތްތަކުން ވަނީ އެޑްވާންސްކޮށް ފައިސާ ނަގާފައެވެ. އަދި ދެންވެސް ފައިސާ ފޮއްޗެއް ލިބެންއޮތީ "އިންޑިއާ އައުޓް" ގޮވައިގެން ކަމަށްވާތީއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

7 Responses

  1. ރަފާ ކަލެޔައް މި ގައުމު މުހިތްމު ނުވެދާނެ އެކަމަކު ގައުމުދެކެ ލޯބިވާ އެތައް ބަޔަކު އެބަތިބިކަން ހަދާންކޮއްލާ މި ގައުމު ބައެއްގެ އަޅުވެތިކަމަށްދާން ކަލެޔައް އޯކޭވިޔަސް ނުވާމީހުން ނިކުއްނާނެ ކަލޭވެސް ތި ލިޔާ ލިޔިން ތި ލިޔަނީ އިންޑިޔާ އެންބަސީން ދޭ ލާރިކޮޅިގެ ދަހިވެތިކަމުގަ ރަފާޔައްވެސް ލާރިކޮޅުގެ ދަހިވެތިކަމުގަ ތިޔާލިޔިން ތި ލިޔަނީ ހަމަ އިންޑިޔާ މިލުޓުރީ ޖެހޭނީ މި ގައުމުން ބޭރުވާން

    1. ބުރޯ ކުއްލިޔަކަށްތަ މިނިވަންކަން މަތިން ތިޔަހަނދާންވީ ކައޭމެންގެ ބޮޑުމީހާ ޗައިނާއަށް މިރާއްޖެ ދަރާ ވިކި ާކާފައޮއްވާ މިއޮތީ ސަލާމަތްކޮށްފަ

  2. Hajm kohbala yaameen noolhey rufiyaa madhuvegeneh rufiyaa nulibigen gaumu vikkaafa mihaaru vikkaane ehche netheema Bangladesh inves loan nagaigen ves musaara nudhevigen ulhey baigandeh mdn baiganduthee gaumuge ijuthimaaee feyraan halaakukoh dheen veyyala modeyiru happu kiyaigen r yaameen dhakkavaahaka thakah rahdhu nudhevigen thikahala noos veeinnah India in haradhu koffa mihaaru sarukaarun dhifaaukuran baithibbafa thithibenee

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add