Ad

ކޮވިޑް ކޮންޓްރޯލްކުރަން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮއްފި

މާލެ ސަރަޙައްދުގައި ކޯވިޑް-19 ބަލި ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް ވަރުގަދަ ކުރަން އެޗްޕީއޭއިން ނިންމައިފިއެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަޙައްދުގައި ކޯވިޑް-19 ބަލި ފެތުރުން އިތުރުވެފައިވާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުން އެހެން ތަނަކަށް ދަތުރުކުރާނަމަ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރ ނެގެޓިވް ނަތީޖާ އޮންނަންވާނެކަމަށެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމާއި، ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީ.ސީ.އާރ ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް:

1. ވެކްސިންގެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ މީހުން، ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރުން.

2. ވެކްސިންގެ ޑޮޒް ފުރިހަމަ ނުވާ ނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީން ފުރިހަމަކުރުން. ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށްފު ޕީސީއާރް ޓެސްޓް ހަދާ، ނަތީޖާ ނެގެޓިވް ވުމުން. މީގެތެރޭގައި މިފަދަ މީހުންނާއެކު ދަތުރުކުރާ، ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނިހިމެނޭ.

3. މާލޭ ސަރަޙައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ މީހުން "ކޮވިޑް ސޭފް" ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދެއްކުމަށް ފަހުގައި ދަތުރުކުރުން. އަދި ކަރަންޓީންވުމަށް ދަތުރުކުރާ ފަރާތްތަކުން "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ހޯދައިގެން ދަތުރުކުރުން.

ނަމަވެސް ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން މި ފިޔަވަޅުތަކުން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *